ads
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
އެދެނީ ހެއްކާ ބެހޭ ގާނޫނުގެ އިސްލާހު އަވަހަށް ނިމި ގާނޫނަކަށްވުން: އެމްޖޭއޭ
އެދެނީ ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަވަހަށް ނިމި ގާނޫނަކަށްވުން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
Advertisement

އެމްޖޭއޭއިން މިއަދު ބުނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޖަމިއްޔާއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އިސްލާހުކުރަން މަސައްކަތްކުރި އެއް ކަމަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންނަށް ފުޅާ ދާއިރާއެއްގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް އޮތުމާ މެދު ކަމަށެވެ.

"ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް އަލަށް ފަށާ ސަރުކާރުގެ މެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިއްޔެ ސަރުކާރުން ހާމަކޮށްފައިވާތީ، އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ސަރުކާރުން އަޅާނެ ރަނގަޅު ފިޔަވަޅެއް އަދި ހެޔޮ ފާލެއްގެ ގޮތުގައި މި ޖަމްއިއްޔާއިން ފާހަގަކުރަން،" ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަކީ ސަރުކާރުން އަޅާނެ ރަނގަޅު ފިޔަވަޅެއްކަން ފާހަގަކޮށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

އެމްޖޭއޭއިން ބުނެފައި ވަނީ އެ އިސްލާހުގެ ދެލިކޮޕީ އެކުލަވާލުމުގައި ސަރުކާރަށާއި ރައްޔިތުންގެ މަޖިލިހަށް އެ ޖަމިއްޔާއަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ އިސްލާހުގެ މަސައްކަތް އަވަސްކޮށް ނިންމައި ގާނޫނަކަށްވެގެން އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމްޖޭއޭއިން ވަނީ ބުނެފަ އެވެ.

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ފެށުމާ އެކު، ނޫސްވެރިންނަށް ފަހިވާ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ސްޓޭންޑަކީ ނޫސްވެރިންނަށް މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް އޮތުން ކަމަށާއި މިނިވަން ނޫސްވެރިކަމަކަށް ސަރުކާރުން އަބަދުވެސް ވަކާލާތު ކުރާނެ ކަމުގަ އެވެ.

ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަ ކުރުމަށް މަޖުބޫރު ކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުން ފާސް ކުރި ހެއްކާ ބެހޭ ބިލު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު 18 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް