ads
ސިނަމާލެ ބުރިޖުގެ މޮނިއުމަންޓް ނުފެންނާތީ ލޮނުޒިޔާރަތް ޕާކަށް ބަދަލުތައް ގެންނައުމުގެ މަސައްކަތް ކުރަނީ
ބްރިޖް ނުފެންނަކަމަށް ބުނެ ލޮނުޒިޔާރަތް ޕާކަށް ބައެއް ބަދަލުތައް ގެންނަނީ
ސިނަމާލެ ބުރިޖުގެ މޮނިއުމަންޓް ނުފެންނާތީ ލޮނުޒިޔާރަތް ޕާކަށް ބަދަލުތައް ގެންނަން ސަރުކާރުން ނިންމާ އެ މަސައްކަތް ފަށައިފިއެވެ.

ޕާކަށް މި ބަދަލު ގެންނަކަން ހާމަކޮށް އެ މަސައްކަތް ކުރަމުންދާ ތަނުގެ ބައެއް ފޮޓޯތައް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ސުޖާއު ވަނީ އޭނާގއ އެކްސްގައި އާއްމުކޮށްފައެވެ. 

ސުޖާއު ވިދާޅުވީ ބްރިޖަކީ ޗައިނާ ސަރުކާރުން ދިވެހިންނަށް ދިން އަގުހުރި ހަދިޔާއެއްކަމަށާއި އެ ހަދިޔާ ފޮރުވަން އެތަން ނުފެންނަ ގޮތަށް ބައްދާލީކަމަށެވެ. 

" މި އަގުހުރި ހަދިޔާ ފޮރުވުމަށް އެމްޑީޕީ ސަރުކާރުން ކުރިކަމަކީ ބުރިޖު މޮނިއުމެންޓް ނުފެންނަ ގޮތައް ބައްދައި ފޮރުވުން. ގެއްލުވާލާފައިވާ ބުރިޖު މޮނިއުމެންޓް ހޯދައި ބުރިޖު އާބާތުރަ ފިލުވުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ފަށާފަ." ސުޖާއު އެކްސްގައި ކުރި ޕޯސްޓްގައި ވެއެވެ.

ބުރިޖުގެ އާބާތުރަ ނުފިލުވައި ބުރިޖުގެ ނަން ބޯޑު ނުދިއްލައި ބެހެއްޓީވެސް މިއަގުހުރި ހަދިޔާ ދެއްވި ފަރާތް ފޮރުވުމަށްކަމަށްވެސް ސުޖާއު ވިދާޅުވިއެވެ. 

ބުރިޖުގެ މެއިންޓަނަންސް މަސައްކަތްތައް، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް(ސީސީސީސީ)އާ މި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އަދި އެ މަސައްކަތް އެ ކުންފުނިނަ އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް