ads
ފޮރިން މިނިސްޓަރު ޒަމީރު - ފޮޓޯ:ރައީސް އޮފީސް
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު، މޫސާ ޒަމީރު މާދަމާ އިންޑިއާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ޒަމީރު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. ޖައިޝަންކަރާ ބައްދަލު ކުރައްވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮތް ޕާޓްނާޝިޕް ފުޅާކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

މިއީ ރަސްމީ ދަތުރުފުޅެއްގައި ޒަމީރު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ނިމިދިޔަ މަހުގެ ފަހުކޮޅު ރަސްމީ ދަތުރުފުޅެއްގައި ޒަމީރު ވަނީ ސައުދީއަށް ވަޑައިގަންނަވާފަ އެވެ. އެ ދަތުރުފުޅުގައި ޒަމީރު ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް