ads
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަކަށް ފުލުހަކު ކާންދެނީ
މިމަސްތެރޭ މާލޭ ބުޅާތައް ހުޅުމާލެ ފެސިލިޓީ ސަރަހައްދަށް ގެންދަނީ
މާލޭގައި ގިނަވެގެން އުޅޭ ބުޅާތައް މިމަހުގެ ތެރޭގައި ހުޅުމާލޭގައި އަޅާ ބުޅާ ފެސިލިޓީ ސަރަހައްދަށް ގެންދާނެކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

މާލޭގައި ބުޅާ ގިނަވެ ބުޅާތައް ބަދަލުކުރުމަށް ހުޅުމާލެއިން ވަި ސަރަހައްދެއް ކަނޑައަޅާ ބުޅަލުގެ މަރުކަޒެއް އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. 

އާޒިމް ވިދާޅުވީ އެ ސަރަހައްދުގެ ފެންސުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި އެ މަސައްކަތް ނިންމާ ބުލާ ފެސިލިޓީގެ މަސައްކަތް މި ހަފްތާތެރޭގައި ފެށިގެންދާނެކަމަށެވެ. 

މޭޔަރު ވިދާޅުވީ ބުޅަލަށް ހަދާ މަރުކަޒުގެ މަސައްކަތް ނިންމެންދެންވެސް އެމަރުކަޒު އަޅާ ބިމުގައި ބާކީ ހުސްކޮށް އޮތް ބަޔަށްް މާލޭގައި އުޅޭ ބައެއް ބުޅާތައް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އަދި ބުޅާތައް ނަގާ މި މަސްތެރޭގައި އެ ސަރަހައްދަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް ކުރާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މާލޭގައި އުޅޭ ބުޅާތަކުން ފުރަތަމަ ބުޅާ ނަގާނީ ސަލްމާން މިސްކިތް ހުންނަ ސަރަހައްދުންކަން އާޒިމް ފާހަގަކުރެެއްވިއެވެ. ސަބަބެއްކަމަށް ވިދާޅުވީ އެ ސަރަހައްދުގައި ބުޅާ ގިނަވެެ ގިނަ ބައެއް ޝަކުވާތައް ލިބެމުން އަންނާތީކަމަށެވެ. 

" ސަމާލުކަންދޭން ޖެހޭ ދެތިން އޭރިއާއެއް އެބަ އުޅޭ މިވަގުތު ވެސް. ފުދޭ ވަރަކަށް ބުޅާތައް އެއްވެފަ އޮތް ދެ ދިމާލެއް އަޅުގަނޑުމެނަށް ފާހަގަކުރެވެނީ. އެއީ ސަލްމާން މިސްކިތް ކައިރި އެ ހިސާބުގަނޑާއި މޭރީބްރައުން ކުރިމަތީ އޮންނަ ހުސް ބިމުގައި ބައިވަރު ބުޅާތައް އެއްކޮށްގެން ކާން ދިނުމާއި މި ކަންކަން ހިނގާ،" އާޒިމް ޓީވީއަކަށް ދެއްވި އިންޓާވިއުއެއްގައި ވިދާޅުވިއެވެ.

މާލޭގައި އުޅޭ ބުޅަލުގެ އާބާދީ 3000 އަރާނެކަމަށް މީގެކުރިން އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެތަކެތީގެ ނަޖިސް މާލޭގެ މަގުމަތީގައި ގިނަ ވެ އެތައް ބައެއް ޝަކުވާތައް ވަނީ އިތުރުވެފައެވެ. އަދި ހާއްސަކޮށް ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުން މި ކަންބޮޑުވުންތައް އިތުރުވެގެން ދެއެވެ. 

ހަ މަސް ދުވަހުގެ ތެރޭ ހުޅުމާލޭގައި ކެޓް ޝެލްޓަރެއް އަޅަން މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 25 ގައެވެ. ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް