އެއާޕޯޓް ޓެކްސީ ކިއުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. އޭގެތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އެއްބަސްނުވުމާއި ދަތުރު ނެގުމަށްފަހު އެކި ތަންތަނަށް މަޑުކޮށް އެކި ފަސިންޖަރުން އެރުވުމާއި ކަނޑައެޅިފައިވާ އަގަށްްވުރެ އިތުރަށް ދަތުރުތަކަށް ފައިސާ ނެގުމާއި ޑޮމެސްޓިކް ޓާމިނަލާއި ހަމައަށްް ޓެކްސީތައް ނުދިއުން ހިމެނެއެވެ.
އެއާޕޯޓް ޓެކްސީގެ މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅޭ ދާއިރާތަކުން މަޝްވަރާކޮށް ިއއްޔެ އިން ފެށިގެން ފިޔަވަޅުތަކެއް އަޅާފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. މިގޮތުން ފުލުހުން އެއާޕޯޓްގައި ހަރަކާތްތެރިވާން ފަށާއި ގަވައިދާ ހިލާފަށް އެއާޕޯޓްގައި ހަރަކާތްތެރިވާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒިހާންް ވިދާޅުވީ އެއާޕޯޓް ޓެކްސީ ކިއު ތިން ދުވަސްތެރޭ ތަރުތީބުވެގެންދާނެ ކަމަށެވެ.
ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް އެމީހަކަށް ފެނުނު އަގުތަކެއް ނަގާތީ އެ މައްސަލަ ހަައްލުކުރުމަށް އެފަދަ މައްސަލަ ރިޕޯޓްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކިއު އާރު ކޯޑެއް ތައާރަފުކޮށްފައެވެ. މި ކިއުއާރު ކޯޑް މެދުވެރިކޮށް 30 ޝަކުވާ ރިޕޯޓްކޮށްފައިވާކަމަށާއި އެ ޝަކުވާތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.