ads
އެމްބާޕޭ
އެމްބާޕޭއަކަށް އެއްކަމެއްވެސް ނުވި، ޕީއެސްޖީ ކަޓައިފި
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްގެ އަތް ދަށުވެ، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ކަޓައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުވެސް ކާމިޔާބުކޮށް، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދީ ސެމީ ފައިނަލްގެ ދެ ލެގުވެސް އެއް ލަނޑުން ސުން ލަނޑުން ކާމިޔާބުކޮށް އެގްރިގޭޓް ދޭއް ސުމަކުންނެވެ.

ޑޯޓްމަންޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައިވަނީ، 2013 ވަނަ އަހަރު އެވެ. މި ފަހަރުގެ ފައިނަލުގައި، ޑޯޓްމަންޑް ކުޅޭނީ ބަޔާން ނޫނީ ރެއާލް މެޑްރިޑާ އެވެ. ބަޔާން އާއި ރެއާލް، ކުޅުނު ފުރަތަމަ ލެގު ނިމުނީ އެއްވަރުވެގެންނެވެ. ދެވަނަ ލެގު ކުޅޭނީ މިރެއެވެ.

ޕީއެސްޖީ ދަނޑުގައި ޑޯޓްމަންޑް މޮޅުކޮށްދިން ގޯލު ޖެހީ މެޓް ހަމެލްސް ބޮލުންނެވެ. މި މެޗުގައި ޕީއެސްޖީ ލަނޑެއް ޖަހައިދޭން ކީލިއަން އެމްބާޕޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް