ads
ފުލުހަކު މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ.
މާލޭގައި އާއްމުކޮށް ސައިކަލް ވަގަށް ނަގާ ދެމީހަކު ހައްޔަރުކޮށްފި
މާލޭގައި ސައިކަލް ވަގަށް ނަގަމުންދާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރި ދެމީހުންނަކީ އުމުރުން 31 އަހަރުގެ މީހަކށާއި 38 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ. 

މި ދެ މީހުންނަކީ ސައިކަލް ވަގަށް ނެގުމުގެ ރިކޯޑް އޮތް ބައެކެވެ. އެންމެ ފަހުންވެސް މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސައިކަލް ވަގަށް ނަގައިގެންނެވެ. 

މި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށްް ކޯޓަށްް ގެންދިޔުމުން ވަނީ 15 ދުވަސް ޖަހާދީފައެވެ. ބަންދު އަމިރުގގައި ބުެނފައުވާ ގޮތުން މި ދެމީހުންގެ މައްޗަށް ހެކި ހުރިކަމަށެެވެ. 

މި ދެމީހުންގެ ބަންދުގެ މުއްދަތު ޖެހި މަޖިލީހަށް މި މީހުން އެންމެ ފަހުން ވަގަށް ނެގި ސައިކަލްގެ ވެރި މީހާވެސް ވަނީ ހާޒިރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް