ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާތު ސްކޫލްތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް ތައުލީމީ ވުޒާރާއިން ހުޅުވާލި ފުރުުސަތު ހަމަވީ އިއްޔެއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން 967 ދަރިވަރަކު ވަނީ އެދިފައެވެ. އެންމެ ގިނަ ދަރިވަރުން ބަދަލުވާން އެދިފައިވަނީ ގްރޭދް އެކަކާއި ގްރޭޑް އަށަކަށެވެ. މާލޭ ސްކޫލްތަކުގެ ގްރޭޑް 1 ވަންނަން 171 ދަރިވަރަކު ވަނީ އެދިފައެވެ. އަދި ދެން އެންމެ ގިނަ ކުދިން ބަދަލުވާން އެދުބު ގްރޭޑް 8 އަށް ވަންނަން 103 ކުއްޖަކު ވަނީ އެދިފައެވެ.
ރަށްރަށުން ކުދިން ބަދަލުވާން އެދުނު ގްރޭޑްތަކާއި އަދަދު
- އެލްކޭޖީ / 68 ދަރިވަރުން
- ޔުކޭޖީ / 30 ދަރިވަރުން
- ގްރޭޑް 1 / 171 ދަރިވަރުން
- ގްރޭޑް 2 / 81 ދަރިވަރުން
- ގްރޭޑް 3 / 92 ދަރިވަރުން
- ގްރޭޑް 4 / 69 ދަރިވަރުން
- ގްރޭޑް 5 / 96 ދަރިވަރުން
- ގްރޭޑް 6 / 87 ދަރިވަރުން
- ގްރޭޑް 7 / 87 ދަރިވަރުން
- ގްރޭޑް 8 / 103 ދަރިވަރުން
- ގްރޭޑް 9 / 55 ދަރިވަރުން
- ގްރޭޑް 10 / 28 ދަރިވަރުން
މިދިޔަ 5 އަހަރު ރަށްރަށުން މާލޭ ސްކޫލްތަކަށް ބަދަލުވުމަށް އެދުނު ކުދިންގެ އަދަދަށް ބަލާއިރު އެންމެ ގިނަ ކުދިން ބަދަލުވާން އެދިފައިވަނީ މި ނިމުނު ދިރާސީ އަހަރުއެވެ. މިދިޔަ އަހަރު މާލޭ ސްކޫލްތަކަށް 1500 ކުދިން ވަނީ އަތޮޅުތަކުން ބަދަލުވެފައެވެ.
މިދިޔަ 5 އަހަރު ރަށްރަށުން މާލޭ ސްކޫލްތަކަށްް ބަދަލުވި އަދަދުތައް
- 2020 / 480 ދަރިވަރުން
- 2021 / 716 ދަރިވަރުން
- 2022 / 780 ދަރިވަރުން
- 2023 / 1500 ދަރިވަރުން
- 2024 / 967 ދަރިވަރުން
މާލޭ ސަރަހައްދުން މުޅިން އަލަށް ގްރޭޑް 1 ވެއްދުމަށް 1992 ދަރިވަރުން ވަނީ އެދިފައެވެ. އަދި މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 1158 ދަރިވަރުން އެދިަފއިވާކަމަށްް ތައުލީމީ ވުޒާރާއިން ބުނެއެވެ.