އޮލިމްޕިކް ކޮލިފިކޭޝަނަށް ރާއްޖެއިން ފުރި ދިވެހި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަޚްޔާރް އަހުމަދު ޚާލިދު އެވެ.
ދެކުނު އޭޝިއާ ސަރަހައްދުން އިންޑިޔާ ފިޔަވައި އަނެއް ހަތް ގައުމުން އޮލިމްޕިކްސް ކޮލިފިކޭޝަނުގައި ވާދަކުރާނެއެވެ. ކޮލިފިކޭޝަން އޮންނާނީ މި މަހު 13- 15 އަށް ނޭޕާލުގަ އެވެ.
އޮލިމްޕިކް ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދެކުނު އޭޝިއާގެ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން ދެ ކުޅުންތެރިންނަށް ލިބެ އެވެ.