ads
އެއަރޕޯޓުގެ ޓެކްސީ ކިއުގެ ކަންކަން ކުރިއަށްދާގޮތް ޓްރާސްޕޯޓް މިނިސްޓަރު ބައްލަވާލައްވަނީ
އެއާޕޯޓުގެ ޓެކްސީ ކިއުގެ ކަންކަން ކުރިއަށްދާގޮތް މިނިސްޓަރު ބައްލަވާލައްވައިފި
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވާ ޓެކްސީ ކިއުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ
Advertisement

އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް އިއްޔެ އިން ފެށިގެން އެ ސަރަހައްދުގައި އަބަދުވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓް ޓެކްސީ ކިއުއާ މެދު އާންމުންގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށެވެ. 

އޭގެ ތެރޭގައި ވަކި ތަނަކަށް ނޫނީ ދަތުރު ކުރަން ޑްރައިވަރުން ބޭނުން ނުވުމާއި ދަތުރު ނެގުމަށް ފަހު، އިތުރު ފަސިންހަރުން އެރުވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑެތި އަގުތައް ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަން ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ސީދާ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އެއަރޕޯޓް ޓެކްސީ ކިއުއަށް މިއަދު ވަޑައިގެން ވަނީ ކަންކަން ކުރިއަށްދާގޮތާގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރީގެ ބައެއް އިސްވެރިންނާއި ފުލުހުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުން އެތަނުގައި ހަރަކާތްތެރިވެފަ އެވެ.

ޓްރާސްޕޯޓުން ބުނީ ޓެކްސީތަކާއި ގުޅޭ އެކި މައްސަލަތައް ހައްލުކުރުމަށްޓަކާ، ކަމާބެހޭ ވުޒާރާތަކާއި އެމްއޭސީއެލްއާ ދެމެދު މަޝްވަރާކުރެވި އެއަރޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، އަންގާރަ ދުވަހުން ފެށިގެން ޕްލޭނަށް އަމަލުކުރަމުންދާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެކަމަށާއި، ގަވާއިދާއި ހިލާފަށް އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ފިޔަވަޅު އަޅާނޭކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެއާޕޯޓުގައި އޮންނަ ޓެކްސީ ކިއުގެ ތަރުތީބު ގެއްލި، ބައެއް ޑްރައިވަރުން ބޭނުންވާ ގޮތަކަށް ފަސިންޖަރުންނާ މެދު އަމަލުކުރާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައި އެވެ. ހާއްސަކޮށް އެއާޕޯޓުން މާލެ އާއި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަ އަގުތަކެއް ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް އެއާ ހިލާފަށް އަމަލު ކުރުމާއި ފަސިންޖަރުންގެ ހުއްދަ ނެތި އެތައް ފަސިންޖަރުންނެއް ޓެކްސީ އަށް އަރުވައިގެން އެކި ތަންތަނަށް ބާލަމުންދާ މައްސަލަ ވެސް ވަރަށް ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް