ads
"ހީރާ މަންޑީ" ގެ ޕޯސްޓަރެއް
"ހީރާ މަންޑީ" 43ގައުމެއްގެ ގަދަ 10 ވަނާގައި، ރާއްޖޭގެ ވެސް
އެންމެ ގިނަ ގައުމުތަކުގައި ބެލި ހިންދީ ސީރީޒުގެ ލަގަބު އިންޑިއާގެ ކާމިޔާބު ޑައިރެކްޓަ ސަންޖޭ ލީލާ ބަންސާލީގެ "ހީރާ މަންޑީ" ހޯދަ ރެކޯޑްތައް މުގުރަން ފަށައިފިއެވެ.

ސަންޖޭ ލީލާ ބަންސާލީ ފުރަތަމަ ވެބް ސިރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު"  ނެޓް ފިލްކްސްއަށްް ދޫކޮށްލީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއާއި ސީރީޒް މިވަނީ ވައިގައި ހިފާފައެވެ. 

ސިރީޒް ސްޓްރީމްކުރަން ފެށިތާ 78 ދުވަސްތެރޭ މި ސިރީޒްވެފައި މިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ ގިނަ ބަޔަކު ބެލި ސްރީޒަށް ވެފައެވެ. މިހާތަނަށްް 43 މިލިއަންނަށް ވުރެ ގިނަ ވިއުޒް ލިބިފައިވާ މި ސިރީޒް އޮތީ ނެޓް ފިލިކްސް ބަލާ 43 ގައުމެއްގެ ގަދަ ދެވަނައިގައެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. ކްރިޓިކްސް ލިޔާ މީހުން ބުނާ ގޮތުން މި ސިރީޒް އަންނަނީ ރިކޯށްތައް މުގުރަމުންނެވެ. 

ސަންޖޭގެ ގިނަ ފިިލްމުތަކުގައި އޭނާ ބޭނުން ކުރާ އަގު ބޮޑު ސެޓްތަކާއި އޭނާގެ ސިގްނޭޗަރ ވައްޓަފާޅި ގަނޑު މިސިރީޒުންވެސް ފެނިގެން ދެއެވެ. 

މި ސިރީޒްގައި ކިޔާދެނީ އިންޑިއާ ޕާކިސްތާނު ވަކިވުމުގެ ކުރިން އިންޑިއާ އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރު ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ނަވާބުންނާއި އެ ސަރަހައްދުގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކައެވެ.

މި ސީރީޒު ލީޑުގެ ގޮތުގައި ފެނިގެން ދަނީ 90ގެ ތެރޭގައި މަޝްހޫރުވި މަނީޝާ ކޮއިރަލާއެވެ. އޭނާގެ އިތުރުން ސޮނާކްޝީ ސިންހާ، ރިޗާ ޗައްޑާ، އަދިތީ ރާއޯ ހައިދަރީ، ޝަރުމިން ސޭގަލް އަދި ސަންޖީދާ ޝެއިހްވެސް ސިރީޒްގެ މުހިއްމު ރޯލްތަކުން ފެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް