އެ ކުންފުނިން ބުނީ، މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ ހުޅުމާލޭގެ ބޯގަންވިލާމަގު އަދި އަސުރުމާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 15:00 އަށް ކަމަށެވެ.
މާލެ އަދި ހުޅުމާލޭގެ ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތީ ދިމާވާ ދަތިތަކުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެ އެވެ.
މާލެ ސަރަހައްދުގެ "ޕަވާ ސެކިއުރިޓީ" ކަށަވަރުކޮށް ކަރަންޓު ކެނޑުން މަދުކުރުމަށްޓަކައި ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި މަޝްރޫއެއް ހިންގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.