ads
ފޮޓޯ: މާލެ ސިޓީ ކައުންސިލް
ވަގުތީ ކޮންސެލްޓެންޓުން ނެގުމަކީ ދާއިމީ ހައްލެއް ނޫން: ޝުޖާއު
ވަގުތީ ކޮންސެލްޓެންޓުން ނެގުމަކީ ދާއިމީ ހައްލެއް ނޫން ކަމަށް ހުޅުމާލެ ދާއިރާގެ މާލޭ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 144 ވަނަ ޖަލްސާ ގައި ކޮންސެލްޓެންޓެއް ނެގުމަށް ހުށައެޅި ފޯމަށް ވާހަކަ ދައްކަމުން ޝުޖާއު ވިދާޅުވީ، ކޮންސެލްޓެންޓެއް ހޯދުމަށް ހުށައަޅާފަ އޮތް ފޯމަށް އޭނާ ފުރިހަމައަށް ތާއިދު ކުރާކަމަށެވެ. މީ ވަގުތީ ކޮންޓްރެކްޓެއްގެ ގޮތުގައި މީހަކު ނަގައި މަސައްކަތް ފެއްޓުމަށްފަހު ސިވިލް އޮނިގަނޑުގެ ތެރެއިން މި ފުރުސަތު ކައުންސިލަށް ލިބެންޖެހޭ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެތަނަށް އަންނަން ޖެހޭނީ ސިވިލް ދާއިމީ މުވައްޒަފުން ކަމަށާއި، ދައުރު ބަދަލުވީމަ ނުވަތަ މޭޔަރު ބަދަލުވީމަ ނުވަތަ ކައުންސިލަރުން ބަދަލުވީމަ އެ ތަނެއްގަ ތިބި މުހިންމު ދާއިރާ ތަކުގެ މީހުން ބަދަލު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. 

ކުއްލި ހާލަތެއްގައި ތަން އޮވެއްޖެ ކަމުގައިވާނަ ވަގުތީ ޓައިމްލައިނެއްގެ ތެރެއިން މީހަކުނެގުން ކަމަށާއި، ނަމަވެސް މީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. އަދި ދާއިމީ ހައްލަކީ މުހިންމު ދާއިރާތަކަށް ސިވިލް އޮނޮގަނޑުގެ ތެރެއިން މީހުން ނެގުމުން ކަމަށެވެ.  

ޝުޖާއު ވިދާޅުވީ، ކައުންސިލްގެ HR އޮތީ ވަރަށް ބޮޑައް ފެއިލްވެފަކަށާއި، ކައުންސިލް ނުހިގަނީ އެތަނުގެ HR ގެ ނިޒާމު ހަރުދަނާ ނުވުމުން ކަމަށެވެ. 

ޝުޖާއު އިތުރަށް ވިދާޅުވީ، HR ސިސްޓަމުގެ ސަބަބުން ކުރީގެ މޭޔަރަށްވެސް އަދި މިހާރުގެ މޭޔަރަށްވެސް ކަންކަން ކުރަން އުނދަގޫވަނީ މާލޭ ސިޓީ ކައުންސިލްގެ HR ނިޒާމް ހަރުދަނާ ނުވުމުން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް