ބައިނަލްއަގުވާމީ ތެލެސީމީއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތެލެސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.
ތެލެސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހަނދާނީ ފިލާ ދީފައިވަނީ 2 ޖަމިއްޔާއަކަށެވެ. އަދި ތެލެސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ 3 މީހަކަށްވެސް ހަނދާނީ ފިލާދެއްވި އެވެ.
އެގޮތުން ހަނދާނީ ފިލާ ލިބިލެއްވި ބޭފުޅުންނަކީ:
ތެލެސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެރުވުން -- ފޮޓޯ/ ރައީސް އޮފީސް
ތެލެސީމިއާގެ ހިދުމަތް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި، ބޭފުޅުންގެ އަގުވަޒަންކޮށް، ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން ހަނދާނީފިލާ ލިބުނު ދެ ޖަމިއްޔާއަކީ:
ތެލެސީމިއާގެ ހިދުމަތް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ، އެ ކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
މި ޖަލްސާގައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި، ރައީސްގެ އަނބިކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ތެލަސީމިއާ ހިދުމަތްތައް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކާއި ފަރާތްތަކުގެ މަސައްކަތްތަކާގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެ އެވެ.
ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ގާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިއުލާނުކުރައްވާފަ އެވެ. އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ވަނީ ހަމަޖައްސަވާފަ އެވެ.
މީގެ އިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ވަނީ ފައްޓަވާފަ އެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާދެއްވާފަ އެވެ.
ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާ އާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.