ads
ޓެކްސީއެއް -ފޮޓޯ: ސޯޝަލް މީޑިއާ
ބިދޭސީން ޓެކްސީ ކުރާ ނަމަ ފިޔަވަޅު އަޅަނީ
ބިދޭސީން ޓެކްސީ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ގަވާއިދާ ހިލާފަށް ޓެކްސީ ކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

ޓެކްސީ ގަވާއިދާ ހަވާލާދީ މިނިސްޓްރީން ބުނީ، ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ކަމަށެވެ. އެނޫން ގޮތަކަށް ޓެކްސީ ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ. 

ޓެކްސީ ގަވާއިދުގައި ބުނާގޮތުން ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށެވެ.

އެނޫން ގޮތަކަށް ޓެކްސީ ކުރާ ނަމަ އެއީ ގަވައިދާހިލާފަށް ޓެކްސީ ކުރާ ބިދޭސީއެކެވެ. އެކަހަލަ ބިދޭސީންނަށް އަޅާ ފިޔަވަޅަކީ ހުއްދަ ނެތް މީހަކު ޓެކްސީ ހިދުމަތް ދިން ކަމަށް ނިންމައި 500ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް މީހަކު ޕްރައިވެޓް ހަޔާއެއްގައި ހިދުމަތް ދިން ކަމަށް ނިންމައި 750ރ. އިން ޖޫރިމަނާ ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް