ads
ރިއަލް މެޑްރިޑްގެ ކުޅުންތެރިން
ބަޔާނަށް ފިލާވަޅެއް ނަގައިދީ، ރިއާލް ފައިނަލަށް
ސެމީ ފައިނަލްގެ ދެވަނަ ލެގު، ފަހު ވަގުތު ފަހަތުން އަރައި ޖަރުމަންގެ ބަޔާން މިއުނިކް ހިތްދަތި ގޮތަކަށް ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ރިއާލް މެޑްރިޑުން ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބަޔާނުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ރިއާލުން މެޗު އަނބުރާލީ މެޗުގެ އެންމެ ފަހު ވަގުތު ފުލުފުލުގައި ޖެހި ދެ ލަނޑާއެކުއެވެ. 

ރޭ އަމިއްލަ ދަނޑުގައި ރިއާލުން އެއްވަރު ކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށެވެ. އަދި ފަހު ވަގުތު އިތުރު ލަނޑެއްވެސް ޖަހައި ހަތަރެއް ތިނެއްގެ އެގްރިގޭޓުން މެޗު އަނބުރާލީ ހިތްދަތި ބައްޔަކުން ބަޔާން ބަލިކޮށްފައެވެ.

މިއީ، 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ފައިނަލުގައި ކުޅޭނެ 18 ވަނަ ފަހަރެވެ. އަދި މިއީ މިދިޔަ 11 އަހަރު ތެރޭ ރެއާލުން ކުޅޭ ހަ ވަނަ ޗެމްޕިއަންސް ލީގު ފައިނަލެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ފައިނަލްގައި ރިއާލް ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. ބޮރޫޝިއާ ފައިނަލަށް ދިޔައީ ޕީއެސްޖީ ބަލިކޮށްގެނެވެ. ފައިނަލް އޮންނާނީ ވެމްބްލީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް