ads
މިއަހަރުގެ ފުރަތަމަ ހައްޖުވެރިންނަށް މަދީނާ އެއާޕޯޓުން މަރުހަބާ ކިޔަނީ
މިއަހަރުގެ ފުރަތަމަ ހައްޖުވެރިން މަދީނާއަށް، ހޫނު މަރުހަބާއެއް
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދަތުރުކުރާ ފުރަތަމަ ހައްޖުވެރިން މަދީނާއަށް މިއަދު ހިގައްޖެއެވެ.

ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަމަހުގެ 16 ވަނަ ދުވަހެވެ. 

މިއަހަރުގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަކީ އިންޑިއާގެ ހައިދަރު އާބާދަށް ނިސްބަތްވާ ރައްޔިތުންނެވެ. މި ހައްޖުވެރިންނަށް މަދީނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

މީގެއިތުރުން ޕާކިސްތާނުގެ ބައެއް ހައްޖުވެރިންވެސް ވަނީ ހައްޖުގެ އަޅުކަމަށް މިއަދު ސައުދީއަށް އެތެރެވެފައެވެ. ޕާކިސްތާނުން މިއަހަރުގެ ހައްޖުގައި 1 ލައްކަ 79 ހާހަށްވުރެ ގިނަ މީހުން ބައިވާއިރު މިއަދު މަދީނާއަށް ދިޔަ ފުރަތަމަ ގްރޫޕްގައި 530 މީހުން ހިމެނެއެވެ. 

މިއަހަރުގެ ހައްޖުގައި ޖުމްލަ 3 މިލިއަން މީހުން ބައިވެރިވާނެކަމަށް ސައުދީން ބުނެއެވެ. 

ރާއްޖެއަށް މިއަހަރު ހައްޖަށް ދާ ހައްޖުވެރިން މިމަހުގެ 20 ހިސާބުގައި ފުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖެއިން މި އަހަރުވެސް 1000 މީހުންގެ ކޯޓާ ލިބިފައިވެއެވެ. މި އަދަދު އިތުރުވުމުގެ އުއްމީދު އެބައޮތްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ އިއްޔެ ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް