ads
މިނިސްޓަރު ޝަހީމް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިއްޔެ އިފްތިހާހުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނާފައިވާ މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިއްޔެ އިފްތިތާހުކޮށްފި އެވެ.

އިއްޔެ އިސްލާމީ މަރުކަޒުގައި މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް  އިފްތިތާހު ކުރުމުގެ ހާއްސަ ރަސްމިޔާތު ޝަރަފުކޮށްދެއްވާފައި ވަނީ ދިވެހި ބަހާއި ތާރީހާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.

މިނިސްޓަރު އާދަމް ނަސީރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އޮތުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަދައްކަވާފައެވެ.

"މުޖުތަމައެއްގެ އަގުކުރުންތައް ފެށޭނީ ކޮންމެ މުޖުތަމައެއްގެ ވެސް އެބައެއްގެ ދީނުން، އަޅުގަނޑުމެންގެ ދީނަކި މާތް ވެގެންވާ އިސްލާމް ދީން، އަޅުގަނޑުމެންގެ ސަގާފަތުގެ މަދަކަށް ވާނީ، ނާރެހަކަށްވާނީ އެ ސަގާފަތުގެ ހިތަކަށް ވާނީ "އަލް އިސްލާމް" އެހެންވީމާ އިސްލާމްގެ ވަށައިގެން އަޅުގަނޑުމެންގެ ސަގާފަތް އެތުރިފައި އޮންނާނީ، އެ އިސްލާމް އާ ހިލާފު ވެއްޖެޔާ ،ދީނާ ދުރުވީ" މިނިސްޓަރު ނަސީރު ވިދާޅުވި އެވެ.

މީގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ނަސީރު ވަނީ އިސްލާމްގެ ހިޔާ ވެއްސަކީ މިސްކިތްތައް ކަަމަށް ފާހަގަކޮށް މިސްކިތަތަކަށް ވަރަށް ބޮޑަށް އެންމެންވެސް ގަދަރު ކުރާ ކަަމަށް ފާހަގަކުރައްވާފަ އެވެ.  

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ފުރަތަމަ ތަގުރީރުގައި އެމަނިކުފާނު ވަނީ ދެ ގޮތަަކަށް ރާއްޖެ ބިނާ ކުރައްވަން ބޭނުންވާ ވާހަކަ ހާމަކޮށްފައެވެ އެއީ އުމްރާނީ ތަރައްގީއާއި އިންސާނީ ތަރައްގީއެވެ. އެކަން ފާހަގަކޮށް މިނިސްޓަރު ނަސީރު ވަނީ އޭގެ ތެރެއިން "އިންސާނީ" ބިނާކުރުމަކީ ސިކުނޑި ބިނާ ކުރުން، މީހުންގެ ވިސްނުން ބިނާކުރުން ކަމަށް ވިދާޅުވެ އެ ވިސްނުން ބިނާ ކުރުން ގުޅިފައި ހުންނަ ކަންކަން ފާހަގކުރައްވާފައެވެ. އެގޮތުން އެކަންކަމަކީ ދީނާ، ދިވެހިން ޒަމާނުއްސުރެއް ހިފަހައްޓަމުން އައި ރިތި އަހްލާގާ، އާދަކާދަޔާ، ހުނަރުވެރިކަމާ އަދި މަސައްކަތެރިކަން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހުކުރުމުގެ ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު ޝަހީމް ގެ ވާހަކަފުޅިުގައު އެމަނިކުފާނު ވަނީ މިސްކިއްޔަތައް ދޭ އަހައްމިއްޔަތު އިތުރުކޮށް، މިސްކިތްތަކުގެ ދައުރު ފުޅާކޮށް، މިސްކިތްތަކަށް އިތުރު ސަމާލުކަމެެއް ދީގެން އިސްލާމީ މުޖްތަމައު ތަރުބިއްޔަތު ކުރުމަށްޓަކައި މަސައްކަތްކުރުމަށް ރައީސް ޑރ.މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ފާހަގކުރައްވާފަ އެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގައި ރަށްރަށުގެ ކައުންސިލްތަކާ، ރަށްރަށުގެ މުޖްތަަމައުތައްވެސް މިސްކިތްތަކުގެ ކަންކަމުގައި ބައިވެރިވެވޭގޮތައް އެކުލަވާލެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއް، ކޮންމެ ސިޓީއެއްގައިވެސް މިސްކިތްތަކުގެ ކޮމެޓީތައް އޮންނާނެ ކަމަށް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މިސްކިތް ބެލެހެއްޓުމާ މިކަންކަމުގެ އިޝްތިޝާރީ ލަފާ ކައުންސިލްތަކަށް ދިނުމަކީ މިނިސްޓްރީއާއި މިސްކިތްތތަކާ ބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާކަމެއްކަމަށެވެ. 

"މި މޖިިލީހަކީ އިދާރީ މަޖިލީހެއް ނޫން އެއީ އިޝްތިޝާރީ މަޖިލީހެއް ވުޒާރާއާ މިސްކިތްތަކުގެ ކަންކަމުގައި ލަފާދޭ މަތީ މަޖިލީހެއް، އެ މަޖިލީހުގެ ލަފާ ސަރުކާރުން ގަބޫލުކުރާނެ ، އެ ލަފާ އިސްލާމިކް މިނިސްޓްރީވެސް ގަބޫލުކުރާނެ، މިސްކިތްތަކުގެ އިމާމުން ތަރުބިއްޔަތު ކުރުމާއި، ތަމްރީނު ދިނުމާއި، މިސްކިތްތަކާ ގުޅޭ އެންމެހާ ކަންތައްތަކުގައި މިސްކިތަކާ ބެހޭ ގައުމީ މަޖިލީހުން ލަފާ ދެއްވާނެ" ޝަހީމް މައުލޫމާތުދެއްވި އެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގައި ތިއްބަވާ ބޭފުޅުން: 

  • އިސްލާމި މަރުކަޒުގެ އިސް އިމާމް 
  • އިސްލާމިކް މިނިސްޓްރީގެ މޮސްކް މެނޭޖްމަންޓް ސެކްޝަންގެ ބޭފުޅެއް 
  • ގުރުއާނާއި ބެހޭ މަރުކަޒުގެ ބޭފުޅެއް 
  • ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ބޭފުޅެއް 
  • ހެރިޓޭޖް މިނިސްތްރިގެ ބޭފުޅެއް
  • މާލޭ ސިޓީ ކައުންސިލްގެ ބޭފުޅެއް 

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އެ މަޖިލިސް ގާއިމްކޮށް އިފްތިތާހުކުރުމުގެ މަގްސަދަކީ މިސްކިތްތަކާ ބެހޭ ގޮތުން އިސްތިޝާރީ ލަފާ ކަމާ ބެހޭ ފަރާތްތަކަށް އެރުވުންކަމަށެވެ. އަދި އެ މަޖިލީހުގެ ބޭނުމަކީ ހުރިހާ ވަސީލތްތަކާ އެހީގައި އިސްލާމީ ދީބުގެ މިސްކިތްތަކުގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ދެނެގަނެ ﷲ ގެ ކަލިމަފުޅު ހަދުމަކޮށް މަތިވެރިކުރަމުންދާ މީސްތަކުންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި މިންވަރުކުރުންކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މަޖިލިސް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކުގެ އިސްވެރިންވެސް ބައިވެރިވަޑައިގަނެފައިވެއެވެ. އަދި އެ މަޖިލީހުގެ ރަސްމީ ލޯގޯއާއި ކުލަވެސް ވަނީ އެ ރަސްމިޔާރުގައި ދައްކާލާފަ އެވެ.

ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު މިމަޖިލިސް އެއްވާނެކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް