ads
ވިލިމާލެ
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފި
މާލެއިން ކަނޑުމަގުން ފުރައިގެން ފަސްވަރަކަށް މިނެޓުގެ ތެރޭގައި ދެވޭހާ ދުރުމިނުގައި އޮންނަ ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައި މި ހުއްދަ ދޭން ނިންމާފައިވާ ގޮތުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފަ އެވެ.. އެ އިސްލާހުގައިވާ ގޮތުން ދިިރިއުޅުމަށް ދޫކޮށްފައި ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) ނުވަތަ 100 ފޫޓު ކަމަށެވެ. އެއީ 10 ބުރީގެ އިމާރާތެއްގެ އެވްރެޖް އުސްމިނެވެ.

އަދި މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަަމަށްވެސް ބުނެފައިވާއިރު، ބިމުގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.

އެ އުސޫލުގައި ބުނެފައި ވަނީ އު އުސޫޅުގައިވާ އުސްމިނަށްވުރެ މައްޗަށް އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމް ހިޔާކުރާބައި ހެދިދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް