ads
ކައިލީ މެކެންޒީ
ޖިންސީ ގޯނާގެ ޝިކާރައަކަށްވުމުން ނުވަ މިލިއަން ޑޮލަރުގެ ބަދަލެއް
ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އެމެރިކާގެ ޓެނިސް އެސޯސިއޭޝަން (ޔޫއެސްޓީއޭ)ގެ ޓެނިސް ކުޅުންތެރިއަކަށް ބަދަލުގެ ގޮތުގައި ނުވަ މިލިއަން ޑޮލަރު ނަގައިދޭން ޖޫރީން ނިންމައިފިއެވެ.

މިއީ އެމެރިކާގެ ޓެނިސް ކުޅުންތެރިއެއް ކަމަށްވާ އުމުރުން 25 އަހަރުގެ ކައިލީ މެކެންޒީއަށް އޭނާގެ ކޯޗު ޖިންސީ ގޮތުން ގޯނާ ކުރި މައްސަލައެވެ. އެ މައްސަލައިގައި 2022 ވަނަ އަހަރުގެ މާޗް މަހު ފްލޮރިޑާގެ އޮރލަންޑޯގެ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓެއްގައި ކައިލީ ވަނީ ދައުވާކޮށްފައެވެ. 

ޔޫއެސްޓީއޭ އާއި ޔޫއެސްޓީއޭ ޕްލޭޔަރ ޑިވެލޮޕްމަންޓް އިންކޯޕަރޭޓެޑްގެ މައްޗަށް ކުރި މި ދައުވާގައި، އޭނާގެ ކުރީގެ ކޯޗު އަނިބަލް އަރަންޑާގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާތަނަށް ޔޫއެސްޓީން ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަ ކުރިއެވެ.

ކައިލީ އާއި އޭނާގެ ވަކީލުން ވެސް ޔޫއެސްޓީއޭ އަށް ތުހުމަތު ކޮށްފައި ވަނީ "ޖިންސީ ޝިކާރަކުރުމުގެ ތާރީޚު އެނގޭ ނަމަވެސް ކޯޗު އަރަންޑާއަށް ފިޔަވަޅު ނޭޅުމަކީ އަޅާނުލުމެއް ނުވަތަ އިހުމާލެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖޫރީން ވަނީ ކައިލީއަށް ތިން މިލިއަން ޑޮލަރުގެ ބަދަލާއި ހަ މިލިއަން ޑޮލަރުގެ އަދަބީ ގެއްލުމުގެ ބަދަލެއް ނަގައިދޭން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް