ads
މާލޭގައި ފެންބޮޑުވުން ހައްލުކުރުމުގެ މަޝްރޫ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާލޭގައި ފެންބޮޑުވުން ހައްލުކުރަން މަޝްރޫއެއް ފަށައިފި
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަޝްރޫއެއް ފަށައިފިއެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއެވެ. 

‏މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދު ﷲ މުއްތަލިބާއި  އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ޢަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

ދިވެހި ސިފައިންނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެހީތެރިކަމާއެކު ފަށާ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުގައިކަމަށް އާރުޑީސީން ބުނެއެވެ. މި މަޝްރޫއު ސިފައިން އަދި އާރްޑީސީއިން ކުރިއަށް ގެންދަނީ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ހިލޭ މަސައްކަތް ކުރާ ގޮތަށެވެ.

your imageމާލޭގައި ފެންބޮޑުވުން ހައްލުކުރުމުގެ މަޝްރޫ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީޑިއާތަކަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ވެސްޓް ޕާކް ސަރަހައްދުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ މަޝްރޫއުގެ ދަށުން ގިނަވެގެން ދެ ހަފްތާ ތެރޭގައި ހައްލުކޮށް ނިންމާލެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް