ads
މަގާމުން ވަކިކުރަން ގޮވާލި އަބްދުﷲ ޖިހާދާއި (ވ) އަބްދުﷲ ދީދީ: ޖިހާދުގެ މައްޗަށް ދައުވާކުރި ނަމަވެސް ދީދީގެ މައްޗަށް އަދި ކޯޓެއްގައި ދައުވާނުކުރެވޭ
ކޮރަޕްޝަންގެ ތުހުމަތު އޮތް ވެރިން މަގަާމުން ވަކިކުރުމަށް ޓްރާނސްޕޭރެންސީން ގޮވާލައިފި
ކޮރަޕްޝަންގެ ތުހުމަތު އޮތް ވެރިން މަގާމުން ވަކިކުރަން ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

މިހެން ގޮވާލާފައި މިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިތުރު 3 ޖަމިއްޔާއެއް ކަމަށްވާ ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އިން ގުޅިގެން އެކްސް މެދުވެރިކޮށް ނެރުނު ނޫސްބަޔާނަކުންނެވެ.

ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ ބޭފުޅުން މުހިންމު މަގާމުތަކަށް އައްޔަން ކުރުމުން ކޮރަޕްޝަންއާ ދެކޮޅަށް ދައުލަތުން ވައުދުވެ، ކޮރަޕްޝަންގެ އޮފިޝަލުންނަށް ފިޔަވަޅު އަޅާ ޖަވާބުދާރީކުރުމަށް ނިންމާފައިވާ ކަމާ މެދު ސުވާލު އުފެދޭކަމަށް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.

އިސް މަގާމުތަކުގައި އެފަދަ މީހުން ހުރުމުގެ ސަބަބުން  ކޮރަޕްޓް އޮފިޝަލުން ޖަވާބުދާރީކުރުވުމަށް ތަހުގީގު މަރުހަލާގެ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމަށް ވިދާޅުވެ ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑވުން ފާޅުކޮށްފައެވެ. އަދި އާންމުންގެ އިތުބާރާއި، ދައުލަތުގެ މުއައްސަސާތަކާއި، ޝަރުއީ ނިޒާމުތަކަށް ކުރާ އިތުބާރު ދަށްކޮށް، ކޮރަޕްޝަނާ ކުރިމަތިލާ ފަރާތްތައް ތަހުގީގު ކުރުމަށް ވެސް އެޅޭ ހުރަހެއްކަމަށް ޓްޜާސްޕޭރެންސީ މޯލްޑިވްސް އިން ހާމަކުރެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑީވްސް ގެ ބަޔާނުގައި ވަނީ ބައެއް އިސް މަގާމުތަކުގައި ހުރި ބޭފުޅުންނާއި އެ މީސްމީހުންގެ  ކޮރަޕްޝަންގެ މައްސަލަތަަކަށް އަލިއަޅުވާލާފައެވެ.

އެގޮތުން ރައީސް އޮފީހުގެ ގާނޫނީ ވަކީލަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ދީދީ މިއަހަރުގެ އޭޕްރީލް މަހު އައްޔަނު ކުރައްވާފައިވާކަަމަށް ޓްރާސްޕޭރެންސީ އިން ފާހަގަކުރައްވާފައިވެ އެވެ. އޭނާ ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރީ 2019 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅި އިސްތިއުނާފަކާ ގުޅިގެންނެވެ.އެ އިސްތިއުނާފު ޖޭއެސްސީން ކޮށްފައިވަނީ ހުކުމަށް ބަދަލު ގެނައުމުގެ ބަދަލުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލުވާ ފަރުދުން ބަހާފައިވާ ރިޝްވަތު ބަލައިގަތް ކަމުގެ ތުހުމަތުތަކުގެ މައްޗަށެވެ.ދީދީ މަގާމުން ވަކިކުރީ މަޖިލީހުން ވަކިކުރުމަށް ތާއީދުކުރާ 72 ވޯޓާއެކު އެކު އެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ ހަވާލާދީ މީޑިއާ ރިޕޯޓްކުރާގޮތުގައި ދީދީގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް އަދިވެސް ހުރިކަމަށް ފާހަގަކުރެ އެވެ.

އަބްދުﷲ ދީދީގެ އިތުރުން ޓްރާންޕޭރެންސީން ދެން ކޮރަޕްޝަންގެ މައްސަލާގައި އިޝާރާތްކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އާއި މިނިސްޓާ އޮފް ފިނޭންސް އަދި އަލަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާމަން ކަމަށް މިދިޔަ މަހު އައްޔަނު ކުރެވުނު އަބްދުﷲ ޖިހާދަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގެ ނުފޫޒު ބޭނުން ކުރީ ފުޝިދިއްގަރު ތަރައްގީ ކުރުމަށް ވެންޗާ އެގްރީމަންޓެއްގައި ސޮއިކޮށްގެންނެވެ. އެ މައްސަލައަކިީ މިހާރުވެސް ކޯޓުގައި ހނގަމުން ދާ މައްސަލައެކެވެ. އަދި އެ އެއްބަސްވުމުމުގެ ސަބަބުން 9.32 ބިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ. މީގެ އިތުރުން އަބްދުﷲ ޖިހާދުގެ މައްޗަށް ވަނީ އޭނާ 2020 ގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު އޭނާއަށް ދީފައިވާ އެޕާޓްމަންޓް ހުސްނުވުމުން ނާޖާއިޒްގޮތުގައި މުއްސަނދިކަން ބޭނުންކުރުމުގެ ދައުވާ އުފުލާފަ އެވެ.

ޖިހާދާއި އަބްދުﷲ ދީދީގެ އިތުރުން ވެސް ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ އިތުރު ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރަމުން ދާތީ، އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ތެރޭގައި ވެސް އެފަދަ ބޭފުޅުން ހިމެނޭ ކަމަށާއި މިއީ ސަރުކާރުގެ ސިސްޓަމަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަން އެ ބަޔާނުގައި ފާހަގަކުރި އެވެ.

އެ ބަޔާނުގައި ގޮވާލީ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށެވެ.

މި ބާވަތުގެ މައްސަލަތަކުގެ ސަބަބުން ބޮޑެތި ނުރައްކާތައް ކުރިމަތިވެ، އާންމުންގެ އިތުބާރު އިންތިހާއަށް ދަށްވެގެންދެ އެވެ. މީގެ އިތުރުން ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެފަދަ މީހުންނާ ދޭތެރޭ އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.

  • ސިޔާސީ ގޮތުން އައްޔަންކުރާ ފަރާތްތަކަށް ހާއްސަކޮށް މާލީ ޒިންމާތައް ހަވާލުކޮށްފައިވާ ފަރާތްތަކަށް މެރިޓް ބޭސްޑް އަދި ޓްރާންސްޕޭރެންޓް އެޕޮއިންޓްމަންޓް ޕްރޮސެސްއެއް ކަށަވަރުކުރުން 
  • އެންޓި ކޮރަޕްޝަން މަސައްކަތްތައް ހަރުދަނާކޮށް، މީހުން ޖަވާބުދާރީ ކުރެވޭނެ އަދި މިނިވަން ޝަރުއީ ނިޒާމު ކަށަވަރުކުރުން
  • ކޮރަޕްޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި ފައިސާ ފައިދާހުރި ގޮތެއްގައި ހޯދުމުގެ ފުރުސަތު ލިބޭނެ އެންޓި ކޮރަޕްޝަން ގާނޫނުތައް ތައާރަފްކުރުން
  • ދައުލަތުގެ އޮފިޝަލުން ކޮރަޕްޝަންގެ ތުހުމަތުތަކާއި އަމަލުތައް ހައްލުކުރުމަށް ސާފު އަދި ހާމަކަން ބޮޑު ނިޒާމެއް އުފައްދައި ތަންފީޒުކުރުން

މީގެ އިތުރުން ކޮރަޕްޓް އޮފިޝަލުން ޖަވާބުދާރީ ކުރުމަށާއި އާންމުންގެ އިތުބާރު ބޮޑުކުރުމަށް ސަރުކާރުން ކޮރަޕްޝަންގެ ސިޔާސަތާއި އަމަލުތަކަށް އިފެކްޓް ޒީރޯ ޓޮލަރެންސް އެއް ހިންގައި އަދަބު ނުލިބުމުގެ ސަގާފަތް ނިންމާލަން ޖެހޭ ކަމަށްވެސް އެ ބަޔާނުގައި ޓްރާސްޕޭރެންސީން ހާމަކޮށްފައިވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން 2023 ވަނަ އަހަރު ނެރުނު ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 100 ގައުމުގެ ތެރެއިން 93 ވަނައިގައި ހިމެނެނީ ރާއްޖެ އެވެ. އެގޮތުން ރާއްޖޭގެ ޕަބްލިކް ސެކްޓަރުގައި ކޮރަޕްޝަން އުފެދިފައިވާ މިންވަރު  ބޮޑުކަމަށް ޓްރާސްޕޭރެންސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް