ads
ހާލަންޑް އަދި ރޮނާލްޑޯ
ރޮނާލްޑޯގެ ރިކޯޑަކާ ދިމާލަށް ހާލަންޑް މިސްރާބު ޖަހާފައި
ޕްރިމިއާ ލީގުގެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރަށް މެންޗެސްޓާ ސިޓީގެ ފޯވާޑް އެރްލިންގް ހާލަންޑަށް ލިބިދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

އުމުރުން 23 އަހަރުގެ ނޯވޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ މި އެވޯޑަށް ނޮމިނޭޓްވެފައި ވަނީ ސިޓީގެ ޓީމުގެ ކުޅުންތެރިޔާ ފިލް ފޯޑެންއާ އެކު އެވެ. ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން މިހާރު ޝޯޓް ލިސްޓް ކުރެވިފައިވާއިރު، ތިންވަނައިގަ އުޅެނީ އާސެނަލްގެ ޑެކްލަން ރައިސްއެވެ. މީގެ އިތުރުން އާސެނަލްގެ މިޑްފީލްޑަރުން ކަމަށްވާ މާޓިން އޮޑެގާޑް އާއި ޑެކްލަން ރައިސް އާއި ޗެލްސީގެ ފޯވާޑް ކޯލް ޕާމަރ އާއި ނިއުކާސަލްގެ ފޯވާޑް އެލެގްޒެންޑަރ އިސާކް އާއި އެސްޓަން ވިލާގެ ފޯވާޑް އޮލީ ވޮޓްކިންސް އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްވެސް މި ލިސްޓުގައި ހިމެނެއެވެ.

އާންމު ވޯޓަކާއި ޕްރިމިއާ ލީގުގެ ޕެނަލަކުން ނިންމާ ނަސީބުވެރިޔާ އިއުލާން ކުރާނީ އަންނަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ލީގުގައި ކުޅުނު 35 މެޗުން 36 ގޯލު ޖަހައިގެން ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބުނު ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ހާލަންޑްވަނީ ހޯދާފައެވެ. އޭނާ ވަނީ މި ސީޒަނުގައި 25 ލަނޑު މިހާތަނަށް ޖަހާފައެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާލަންޑަށް ލިބިދާނެ ކަމަށް ބެލެވިފައިވާއިރު، މި އެވޯޑް މީގެ ކުރިން ދެ ފަހަރު ޖެހިޖެހިގެން ހޯދި ހަމަ އެކަނި ކުޅުންތެރިޔަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް