ads
ނިލަންދޫގައި ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރެއިން
އިންޓަމިލާން ހިއްސާވާ ޕްރޮޖެކްޓް ނިލަންދޫގައި
ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަން އަދި އިޓަލީގެ އިންޓަ މިލާނާ، އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ ގުޅިގެން ޕްލެއިން ވިތް ކޮރަލްސް ގެ ނަމުގައި ކުޑަ ކުދިންނަށް ހާއްސަ، ފުޓްބޯޅައިގެ ތެރެއިން ތިމާވެށީގެ މައުލޫމާތު ހިއްސާކުރާ ފ. އަތޮޅު ޕްރޮޖެކްޓްގެ ތެރެއިން ނިލަންދޫގެ ބައި ފަށައިފިއެވެ.
Advertisement

ޕްލެއިން ވިތް ކޮރަލްސް ނުވަތަ މުރަކަތަކާ އެކު ކުޅުން، މި ނަމުގައި ފެށި ޕްރޮޖެކްޓަކީ މިއީ ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ ޕްރޮގްރާމެއްގެ ތެރެއިން މޫސުމާއި ކަނޑުފަޅުގެ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮޖެކްޓަކީ އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ އާއި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަން އަދި ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އިޓަލީގެ އިންޓަރ މިލާން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ބިކާކޯ ޔުނިވަރސިޓީގެ އައުޓް ޕޯސްޓެއް ފ. އަތޮޅު މަގޫދޫގައި ހުރެއެވެ.

މި ޕްރޮޖެކްޓް މި ހަފްތާގައި ފަށާފައިވަނީ މަގޫދޫގައެވެ. ދެ އަހަރު ދުވަހުގެ  މި ޕްރޮޖެކްޓް ކުރޮއަށް ގެންދާނީ މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވަރސިޓީގެ މެރައިން ރިސަރޗް އެންޑް ހަޔަރއެޑިއުކޭޝަން ސެންޓަރާއި އިންޓަރ މިލާންގެ އިންޓަރ ކެންޕަސް ގުޅިގެންނެވެ.

މި ޕްރޮޖެކްޓްގެ ޕްރޮގްރާމްތައް ވިލަރެސްކޮށް އިންތިޒާމް ކުރަނީ އަތޮޅުގެ ސްކޫލް މަދަރުސާތަކާއި ރައްރަށުގެ ކައުންސިލްތަކުގެ އެހީތެރިކަމާއެކު ފ އަތޮޅު ކައުންސިލުންނެވެ. މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އެންޑޯސް ކޮށްފައިވާ ޕްރޮގްރާމެކެވެ.

ޕްލެއިން ވިތް ކޮރަލް ޕޮރޮޖެޓްގައި މައިގަނޑު ދެ ބާވަތެއްގެ ހަރަކާތްތަކެއް، ކުޑަކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރެއިން އެއްހަރާކަތަކީ ކަނޑުފަޅާއި އެތަންތާގެ ދިރުންތަށް ހިމާޔަތްކޮށް، ރައްކާތެރިކޮށް ދިރުވާ އާލާކުރުމާއި ގުޅޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަމާއި ގުޅޭ ހުނަރުތައް ދަސްކޮށްދިނުމެވެ. ދެވަނަ ބަޔަކީ ފުޓްބޯޅަކުޅުމުގެ ހުނަރުތަށް ކުދިންނަށް އުނގަންނައި ދިނުމާއި ކުޅިވަރުގެ ތެރެއިން ފަރުދީ އަދި އިޖުތިމާޢި ހުނަރުތަށް ދަސްކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް