ads
ފައިލް ފޮޓޯ: ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 8 މީހަކު ވަނީ ހައްޔަރުކޮށްފައި
ހުޅުމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުން މިރޭ ޑްރަގް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި 8 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި އަންހެނަކު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

ނަމަވެސް މި މައްސަލައިގައި އަތުލައިގަތީ ކިހާ ބަރުދަނެއް ހުރި މަސްތުވާތަކެއްޗެއް ކަމެއް އަދި ހައްޔަރުކުރި މީހުންނަށް ތުހުމަތު ކުރެވެނީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނެ އެވެ. 

ފުލުސް އޮޕަރޭޝަން ގައި ރެއިޑް ކުރީ ޗައިނާ ފްލެޓެއް ކަމަށް އެނގިފައިވެ އެވެ. އަދި އެ ފްލެޓުން މަސްތުވާތަކެތި ހޯދާފައިވާ ކަަމަށް ވެސް ވެ އެވެ. 

މަސްތުވާތަކެއްޗާއި ވައްކަން ފަދަ މައްސަލަތައް މިހާރު އަންނަނީ އިތުރުވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް