ads
ދިޕިކާ އަދި ރަންވީރު
ދިޕިކާ އާއި ރަންވީރު ވަރިވާން އުޅޭކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބާ؟
ބޮލީވުޑްގެ މަގުބޫލު ޖޯޑު ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގުގެ ދެމެދުގައި މައްސަލަ ޖެހި، ވަރިވާން އުޅޭ ކަމުގެ ވާހަކަތައް ފަހަކަށް އައިސް ވަނީ ފެތުރިފައެވެ.

ރަންވީރު ދާދި ފަހުން ބައިވެރިވި ޖުވެލްރީ ބްރޭންޑް "ޓިފެނީ" ގެ ޚާއްޞަ އިވެންޓެއްގައި، އޭނާ އެންމެ ލޯބިވާ ގަހަނާއަކީ ކޮބައިތޯ ސުވާލު ކުރުމުން، ރަންވީރު ވަނީ ދީޕިކާ ދިން ކައިވެނީގެ އުޅަނދާއި ޕްލެޓިނަމް އިންގޭޖްމަންޓް އަނގޮއްޓި ވަރަށް ދެކެ ލޯބިވާ ކަމަށް ބުނެފައެވެ. 

ވަރިވާ ކަމުގެ ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައި، ދީޕިކާ އާއި ރަންވީރު ބޭބީމޫންއެއްގައި ވެސް ބައިވެރިވެ، މަޖާކޮށް އުޅޭ ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. މި ފޮޓޯތަކުން ދީޕިކާ ބަނޑުބޮޑުކަން ވަރަށް ރީއްޗަށް އެނގެއެވެ. އަދި ސެޕްޓެމްބަރު 2024 ގައި ދެ ތަރިން މަންމަ އާއި ބައްޕައަކަށް ވާނެއެވެ.

ދެ ތަރިން ކައިވެނި ކުރީ 2018 ވަނަ އަހަރު އިޓަލީގައި އާއިލާގެ މެމްބަރުންނާއެކު ބޭއްވި ހަފްލާއެއްގައެވެ. އޭގެ ފަހުން ދެމަފިރިން އާންމުކޮށް ފެންނައިރު ވެސް އެކަކު އަނެކަކަށް އޮންނަ ލޯބި ވަރުގަދަ ކަން ދައްކުވައިދެމުން ގެންދެއެވެ.

ދެތަރިން ވަރިވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވީނަމަވެސް، ރަންވީރު ވަނީ "ޓެފެނީ" ގެ އިވެންޓުގައި މި ވާހަކަތައް ދޮގުކޮށް، އޭނާ އާއި ދީޕިކާގެ ގުޅުން ވަރުގަދަ ކަން ސާބިތުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް