ads
ހޮޓެލް އޭޝިއާ 2024 ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ވަނީ ސޮއިކޮށްފައި - ފޮޓޯ:ދިރާގު
ހޮޓެލް އޭޝިއާ 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މި އަހަރުގެ ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން ސޮއިކޮށްފި އެވެ.

ހޮޓެލް އޭޝިއާއަކީ ދިވެހިރާއްޖޭގައި އިންތިޒާމްކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ އެވެ. އެގޮތުން މި އަހަރު ކުރިއަށް ދާނީ ހޮޓެލް އޭޝިއާގެ 18 ވަނަ އެޑިޝަނެވެ. މި އަހަރުގެ އިވެންޓުގެ އެގްޒިބިޝަން ހަރަކާތް އޮންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގެ އަދި އުސްފަސްގަނޑުގަ އެވެ. އަދި މި އިވެންޓުގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގެ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގަ އެވެ.

މި އަހަރުގެ އެގްޒިބިޝަނުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން 100 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ އެވެ. މީގެ އިތުރުން އާ އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވޯކްޝޮޕް ހަރަކާތްތައް ވެސް އެގްޒިބިޝަނުގެ ތެރެއިން ވަކި އިވެންޓުތަކުގެ ގޮތުގައި ކުރިއަށްދާނެ އެވެ. 

މި ފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިން ޕެނަލަކާ އެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެ އެވެ. އަދި މި އިވެންޓުގެ ސަބަބުން އެ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކް ކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ.

ދިރާގުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ މިފަދަ ޕްރޮގްރާމުތަކާއި އިވެންޓުތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް