ads
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އޭނާގެ ސަރުކާރުގެ އަސްކަރީ އިސް ވެރިން
ރަފަހަށް ހަމަލާދޭން މި ފަށަނީ ހަތިޔާރު ހުރެގެން: އިޒްރޭލު
ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ވަދެގަނެ ބޮޑު އޮޕަރޭޝަނެއް ހިންގަން ބޭނުންވާ ހުރިހާ ހަތިޔާރެއް އެބަހުރި ކަމަށް އިސްރާއީލުން ބުނެފި އެވެ.
Advertisement

އިޒްރޭލުން މިހެން ބުނެފައި މިވަނީ ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ވަދެގަނެ ބޮޑު އޮޕަރޭޝަނެއް ފައްޓައިފި ނަމަ އެމެރިކާއިން ބައެއް ހަތިޔާރު ސަޕްލައިކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ރައީސް ޖޯ ބައިޑަން އިޒްރޭލަށް ދެއްވައިފަ ވަނިކޮށެވެ. 

އިޒްރޭލު ނޫސްވެރިންނާ ބައްދަލުކުރައްވާ އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު، ޑެނިއަލް ހަގަރީ ބުނެފައިވަނީ އެމީހުން އަތުގައި ހަތިޔާރު އެބަ ހުރި ކަމަށާއި ރަފާހަށް އަރައިގަތުމަށް ބޭނުންވާ ހަތިޔާރު ވެސް ހުރި ކަމަށެވެ.

"އަސްކަރިއްޔާއިން ރާވާ އޮޕަރޭޝަންތަކަށާއި ރަފާހަށް އަރައިގަންނަ ވަރަށް ބާރުގަދަ އަދި ނުރައްކާތެރި ބޮންތަކާ ހަތިޔާރު އެބަހުރި." އޭނާ ބުންޏެވެ.

ގާޒާގައި އިސްރޭލުން ހިންގަމުންދާ އޮޕަރޭޝަންތައް ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ ބައެއް މެމްބަރުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ރައީސް ބައިޑަން އަށް ޕްރެޝަރު ކުރަމުން ނެވެ.


"އަޅުގަނޑު ވަރަށް ސާފުކޮށް ބުނެދީފިން އެ މީހުން ރަފަަޙަށް ވަދެއްޖެ ނަމަ އަޅުގަނޑު ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާނަން،" އެމެރިކާގެ ޓީވީ, ސީއެންއެނަށް ދިން ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވި އެވެ. ނަމަވެސް, އެމެރިކާއިން ފޯރުކޮށްދެމުންދާ ބޮންތައް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދު ކުރަމުންދާ ކަމަށް އޭނާ ވަނީ އެއްބަސްވެ ވަޑައިގަންނަވާފަ އެވެ.
އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ 900 ކިލޯގެ ބާރުގަދަ އަދި ނުރައްކާތެރި ބޮންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ "އެ ބޮންތައް ބޭނުން ކޮށްގެން ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދީފައިވާ ހާމަލާތަކުގައި ގާޒާގެ އާންމު ރައްޔިތުން މަރުވެފައިވާ [ޝަހީދުވެފައިވާ]" ކަމުގަ އެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޯރުކޮށްދެ އެވެ.  

ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމުގައިވާ މިލިއަނަކަށް ވުރެ ގިނަ އާންމުން ހިމާޔަތް ހޯދައިގެން މިވަގުތު ޖަމާވެފައި ތިބީ ރަފަހް ސިޓީގަ އެވެ. ރަފަހްގައި ހިމާޔަތް ހޯދައިގެން ތިބި މިލިއަނެއްހާ މީހުންނަށް ބޭނުންވާ ތެލާއި ކާބޯތަކެތި ނުވެއްދޭ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. 

ނަމަވެސް އިޒްރާއީލުން ބުނަނީ ރަފަހް އަށް ޓާގެޓް ކޮށްފައިވާ ހަގުރާމައިގެ ޕްލޭން މުހިއްމު ކަމަށާއި އެއީ ހަމާސްއާއި ދެކޮޅަށް ކޮންމެހެން ވެސް ކުރައްޖެހޭ ހަގުރާމައެއް ކަމަށެވެ. އެގޮތުން އިޒްރޭލުން މިހާރުވެސް އަންނަނީ ހުއްޓުމެއް ނެތި ރަފަހް އަށް މިސައިލް ހަމަލާތައް ދެމުންނެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 35،600 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް