ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން އިންޑިއާގައި ޗެނަލަކަށް އޭނާ ދެއްވި އިންޓަވިއުއަކާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތައްވެސް ހިމެނޭހެން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އާމާޒުވެފައި ވަނިކޮށެވެ.
ކުރީގެ މިނިސްޓަރ މަލީހް ކިޔުއްވާފއިވާ ފާޑުކިޔުންތަކެއް ރީޕޯސްޓް ކުރައްވާ ފައިސަލް ވިދާޅުވީ މޮޅު މީހަކީ އަނެކާއަށް އިހްތިރާމު ކުރާ މީހުންކަމަށެވެ. އަދި ކޮން ސަރުކާރެއްގައި މިނިސްޓަރަކަށް ހުންނަވައިގެން މަލީހަށް މޮޅަށް ކުރެވުނީ ކޮންކަމެއްތޯ ފައިސަލް ވަނީ މަލީހާ ސުވާލުކުރައްވާފައެވެ.
ފައިސަލް ވިދާޅުވީ ޑރ ޖަމީލަށްވެސް އަދި މަލީހަށްވެސް އޮތް ގޮތަކީ މިއަދު ސިޔާސީ ހަގީގަތް ގަބޫލުކުރުންކަމަށާއި ކިޔާހާ އެއްޗަކުން ފަހަތަށް ނުޖެއްސޭނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލަށް ފާޑުކިޔުންތައް އަމާޒުވާން ފެށީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ރަސްމިއްޔާތެެއްގައި ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އޭގެ ފަހުން ގިނަ ފާޑުކިޔުންތަކެއް ފައިސަލަށް އަންނަނީ އަމާޒުވަމުންނެވެ.
މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަ ވަޒީރަކީ ރައީސް މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްއެވެ. ފައިސަލް ވިދާޅުވީ އޭނާއަށް ފާޑުކިޔުން އަމާޒުވަނީ ސަރުކާރުގެ އިސް މަގާމާކަަށްް ނިކަމެތި އާއިލާއަަކަށް ނިސްބަތްވާ މީހަކު އައުމުންކަމަށެވެ. އެހެންނަމަވެސް ފަހަތަށް ޖެހުމެއް ނެތި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެންނަ މީހަކަށް ވާނެކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.