ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން ލެވަކޫސަން އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. މި މެޗު ލެވަކޫސަނުން އެއްވަރު ކުރީ، ރޯމާއިން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ދެ ލަނޑާއެކުއެވެ.
މި މެޗު އެއްވަރުވުމާއެކު، ބަލިނުވެ 49 މެޗު ހަމަކޮށް ޔޫރަޕުގެ އާ ރެކޯޑެއް ލެވަކޫސަނުން ހެދީއެވެ. މީގެ ކުރިން މިދިޔަ ބައި ގަރުނުވެސް މި ރެކޯޑެއް އެއްވެސް ކްލަބަކަށް ނުހެދެއެވެ. މި ރެކޯޑު މިހާތަނަށް އޮތީ، 1960 ގެ ތެރޭގައި ޕޯޗުގަލްގެ ބެންފީކާއިން ހެދި ގޮތަށެވެ.
ޖަރުމަނުގެ ޗެމްޕިއަންކަންވެސް މި ސީޒަންގައި ހޯދާފައިވާ ލެވަކޫސަން، ޔޫރޮޕާ ލީގުގެ ފައިނަލަށް ދިޔައިރު، ޖަރުމަން ކަޕްގެ ފައިނަލުގައިވެސް އެއް ކޮޅުން އެ ޓީމުން ކުޅޭނެއެވެ.