ads
ޑޭވިޑް ބެކަމް
ޔުނައިޓެޑުގެ ކުޅުންތެރިން ލަދު ގަންނަން ޖެހޭނެ
މެންޗެސްޓާ ޔުނައިޓެޑުގެ ދަށް ނަތީޖާތަކުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭނެ ކަމަށާއި، ނަތީޖާ ބަދަލު ކުރެވޭނީވެސް ކުޅުންތެރިންނަށް ކަމަށް އެ ކްލަބުގެ ކުރީގެ ލެޖެންޑް ޑޭވިޑް ބެކަމް ބުނެފިއެވެ.

ޔުނައިޓެޑްގެ ރަން ޒަމާނުގެ އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމަށްވާ ޑޭވިޑް ބެކަމް، މިވަގުތު ހުރީ މެންޗެސްޓަރގައެވެ. އޭނާ މެންޗެސްޓަރގައި ހުރީ، 1999 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ މުބާރާތެއް ޔުނައިޓެޑުން ކާމިޔާބު ކުރި ގޮތާ ގުޅޭ ގޮތުން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ރިލީޒް ކުރާށެވެ. 

މި ޑޮކިއުމެންޓްރީގެ ޕްރިމިއާގެ ހަވާސާގައި ބެކަމްވަނީ ޔުނައިޓެޑުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެކަމް ގަބޫލުކުރާ ގޮތުގައި ނަތީޖާ ދަށްވުމުގެ ކުޅުންތެރިންގެ ބައި ކުޅުންތެރިން ގަބޫލުކޮށް އެކަން ބަދަލު ކުރަން ޖެހޭނެއެވެ.

"އަހަރެންނަށް ހީވަނީ އެއީ ޔުނައިޓެޑްގެ ކުޅުންތެރިއަކަށްވުމާއެކު ތަފާތުތަކެއް ދެއްކުމުގެ ޒިންމާ ކުޅުންތެރިންގެ އޮންނާނެ. އެކަން ކުރެވެން ޖެހޭނެ، އަދި ޓީމު މޯޓިވޭޓް ކުރުމުގައި ކޮންމެ ކުޅުންތެރިއެއްގެވެސް އޮންނާނެ ދައުރެއް"

ލެޖެންޑަރީ ކޯޗު ސަރ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރި ޔުނައިޓެޑް ޓީމުގައި ބެކަމްއަކީ މުހިއްމު ކުޅުންތެރިއެކެވެ. އަދި ޔުނައިޓެޑުން ރިއާލް މެޑްރިޑަށް ބަދަލުވި ބެކަމްވަނީ އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ. 

ޕޯލް ސްކޯލްސް، ގޭރީ ނެވިލް އަދި ނިކީ ބަޓް ވެސް ހިމެނޭ ޔުނައިޓެޑްގެ މަޝްހޫރު “ކްލާސް އޮފް 92” ގެ މެމްބަރެއް ކަމަށްވާ ބެކަމް ވަނީ ރެއާލް މެޑްރިޑާ ގުޅުމުގެ ކުރިން 11 އަހަރު ތެރޭގައި ޕްރިމިއާ ލީގުގެ ހަ ތަށި، ޗެމްޕިއަންސް ލީގު، އަދި އެފްއޭކަޕް ޔުނައިޓެޑާއެކު ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް