ads
މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް ހުންނާނެ ގޮތުގެ ކުރެހުމެއް
މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް ހުޅުމާލޭގައި، އަޅައިދޭނެ ބަޔަކު ހޯދަނީ
ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް އިމާރާތް ހުޅުމާލޭގައި އަޅަން ނިންމާ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
Advertisement

އެމްއެންޔޫއިން ބުނީ ޓީޗިން ހޮސްޕިޓަލަކާއެކު އެމްއެންޔޫ މެޑިކަލް ސްކޫލްގެ އާ އިމާރާތެއް އެޅުމުގެ މަޝްރޫއުގެ މަގްސަދަކީ ރާއްޖެ އާއި ދެކުނު އޭޝިއާ ސަރަހައްދުގައި ފެންވަރު ރަނގަޅު މެޑިކަލް ތައުލީމާއި ދިރާސާ އަދި ސިއްހީ ހިދުމަތަށް އޮތް ޑިމާންޑް ކުޑަކުރުންކަމަށެވެ.

މި އިމާރާތުގައި އެކަޑަމިކް ފެސިލިޓީތަކާއި ސެމިނާ ރޫމްތަކާއި އޮޑިޓޯރިއަމަކާއި ލެބޯޓްރީތަކާއި އެހެނިހެން ޒަރޫރީ އުމްރާނީ ވަސީލަތްތައް ގާއިމްކުރާނެކަމަށް އެމްއެންޔޫއިން ބުނެ އެވެ. 

މި އިމާރާތުގައި ކޮންމެ އިންޓޭކެއްގައި އެއްފަހަރާ 100 ދަރިވަރުންނަށް ހިދުމަތްދެވޭއިރު ތަނުގެ ފުލް ކެޕޭސިޓީގައި 500 އަށް ވުރެ ގިނަ ދަރިވަރުންނަށް އެއް ފަހަރާ ކިޔަވާދެެވޭނެކަމަށްވެސް އެ ޔުނިވާސިޓީން ބުނެ އެވެ. އަދި ޓީޗިން ހޮސްޕިޓަލް ގާއިމުކުރަނީ 300 އެނދާއިއެކު ބަލި މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށްވެސް އެމްއެންޔޫއިން ބުނެ އެވެ.  

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް އަޅަނީ 61،482.54 އަކަފޫޓުގެ ސަރަޙައްދެއްގައި ހިމެނޭ ތަފާތު ތިން ބައި ހިމެނޭގޮަތަށެވެ. އެއީ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލާއި ދަރިވަރުންނާއި ފެކަލްޓީގެ ޢިލްމީ އަދި އިދާރީ ވަސީލަތްތައް ހިމެނޭ ބައި ވަކިން ހުންނަ ގޮތަށެވެ.

މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޔުނިވާސިޓީން ދޭ ކުރެހުމަކާއި އެއްގޮތަށެވެ. ޕާކިސްތާނުގެ ހިލޭ އެހީގައި އަޅާ މި އިމާރާތުގެ ކުރެހުން ކުރަހާފައިވަނީ އެގައުމުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ.  

މެޑިކަލް ސްކޫލުގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސްއާއި ސްކޫލް އޮފް ނާސިންގެ އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެމްއެންްޔޫއިން ވަނީ އިއުލާންކޮށްފައެވެ. މި އިމާރާތްވެސް ހުންނާނީ ހުޅުމާލޭގައެވެ. މި ތަން ހަދައި ދޭނެ ބަޔަކު ހޯދަނީ ޑިޒައިންނާއި ބިލްޑް އުސޫލުގެ ދަށުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް