އެގޮތުން ވިކީ އިއްޔެ އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އިން އޭނާ ފެނިގެންދަނީ ގޭގެ ފަންކާތައް ސާފު ކުރާ މަންޒަރެވެ.
ގިނަ ބަޔަކު ވިކީއަށް ތައުރީފު ކުރަމުން އަންނައިރު ގޮނޑިއަކަށް ނާރާ، ވިކީ ފަންކާތައް ސާފު ކުރަން ހުރުމުން ގިނަ ބަޔަކު ވަނީ ހައިރާން ވެފައެވެ.
އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ"ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
ވިކީ އެންމެ ފަހުން ފެނިގެންދިޔައީ "ބޫތު" އިންނެވެ. އެފިލްމަކީ ވިކީ ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. ނަމަވެސް އެހާ ބޮޑު ތަރުހީބެއް ފިލްމަށް ލިބިފައެއް ނުވެއެވެ.