ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަަހަރެއްގެވެސް އޭޕްރިލްމަހުގެ 14 ވަނަ ދުވަހެވެ. މި މުބާރާތް ބާއްވަނީ ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައެވެ.
މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވައިރު 73 އޮފީހަކުން 363 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މިބާރާތުގައި ބައިވެރިވި އިދާރާތަކުގެ އަދަދު
މުބާރާތް ބާއްވާ ދެ ކެޓަގަރީ
މުބާރާތުގައި އިނާމު ދޭން ނިންމާފައިވަނީ އެންމެ ރީތި 10 ލިޔުމާއި އެންމެ މޮޅު އޮފީހެވެ. އެންމެ މޮޅު އޮފީހުގެ ބަޔަށް ވާދަކުރެވޭނީ އެ އޮފީހަކުން މަފުވެގެން 3 މުވައްޒަފުން ބައިވެރިވެގެންކަމަށްވެސް އެކެޑަމީން ބުނެއެވެ.
މުބާރާތުގެ އެންމެ ރީތި 10 ލިޔުމަށް، ކޮންމެ ލިޔުމަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އޮފީސް ބަޔަށް ދިނުމަށް ހަމަޖެހިފައިވަނީ ތައްޓާއު ސެޓްފިކެޓެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ އެކެޑަމީން ކަނޑައަޅާ ފަނޑިޔާރުންގެ ކޮމިޓީއަކުންކަމަށްވެސް އެ އެކެޑަމީން ބުނެއެވެ.