ads
އެސްޓީއޯ ހެންވޭރު ފާމަސީ/ ފޮޓޯ:ސަން
ރާއްޖެ އިން ނުލިބޭ ބޭސްތައް އެސްޓީއޯ އިން ގެނެސްދެނީ
ރާއްޖޭއިން ލިބެން ނުހުންނަ ބޭސްތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނެސްދޭނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ދާއިމީ ބަލިތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް އެސްޓީއޯ އިން ގެނަސްދޭނެ ކަމަށާއި އެސްޓީއޯގެ ހެންވޭރު ފާމަސީއަށް ބޭސް ސިޓީ ހިފައިގެން ދިއުމުން ބޭސް ހޯދައި ދިނުމުގެ މަސައްކަތް އެ ފިހާރައިން ކުރާނެ ކަމަށެވެ. 

އާސަންދައާއި އެންސްޕާ މެދުވެރިކޮށް ބޭސް ހޯދާ ފަރާތްތަކުން ކޯޓޭޝަން އާއި ލިޔެކިޔުންތައް ގެންދިއުމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް އެންމެ ގިނަ އިން ބޭސް ގެންނަ، އަވައްޓެރި އިންޑިއާ ލޮކްޑައުނަށް ދިއުމާއެކު ރާއްޖެއަށް ގެންނަ ބޭސްތައް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެހެން ނަމަވެސް އެސްޓީއޯ އިން ރާއްޖެ ގެނައުމަށް އޯޑަރު ކޮށްފައިވާ ގިނަ އަދަދެއްގެ ބޭސް ނުގެނެވި ލަސްވަމުން ދާތީ އެ ގައުމުގެ އަސްކަރިއްޔާގެ އެހީގައި 6.2 ޓަނުގެ ބޭސް ވަނީ ރާއްޖެ ގެނަސްފަ އެވެ. 

އޭގެ އިތުރުން ވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް ތިން މަސް ދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ހަދިޔާ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް