ads
އައިޖީއެމްއެޗުގައި ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: ފައިލް ފޮޓޯ 24.އެމްވީ
ބައި ލައްކައެއްހާ މީހުންނަށް ބޭރަށްހިންގުން ޖެހިއްޖެ
މިއަހަރު ބައި ލައްކައެއްހާ މީހުންނަށް ބޭރަށް ހިންގުން ޖެހިއްޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރު ބައި ލައްކައެއްހާ މީހުންނަށް ބޭރަށް ހިންގުން ޖެހިއްޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން ބުނީ 46904 މީހަކަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރާ މިންވަރު މިދުވަސްވަރު އިތުރުވެފައިވީނަމަވެސް، މިދިޔަ އަހަރާއި އަޅައި ބަލާއިރު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރާ މިންވަރު މަދުވެފައިވާކަމަށެވެ.

ނޮވެންބަރު އަދި ޑިސެންބަރު މަހު އެންމެ ގިނައިން ބޭރަށް ހިނގުން ރިޕޯޓުކޮށްފައިވަނީ ރ، ބ، ޅ އަދި ލ އަތޮޅުންކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ ހުންޖެހިން މިއަހަރު މިހާތަނަށް 4989 މީހުން ރިޕޯޓުކޮށްފައިވާކަމަށެވެ.

ނޮވެންބަރު މަހު ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނ ބ ކ އދ އަދި ހުޅުމަލެއިން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މިދުވަސްވަރު މާލެއާއި އަތޮޅުތަކުގައި ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭގެ ރިޕޯޓުތަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި އެފަދަ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ." އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ އާއްމު ގޮތެއްގައި ބޭރަށް ހިންގުމަކީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބައްޔެއްކަމުން ސާފުތާހިރުކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް މި ދުވަސްވަރު ދެއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ސަމާލުކަން ދޭންވީ ކަންތައްތައް.
ބޯންބޭނުންކުރާ ފެން ކްލޮރިނޭޓު ކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން، އަދި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅަށް ސާފު ކުރުމަށްފަހު ފެންނެގުން.

ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން، ރޯ ކޮށްކެވޭ ކާނާ ވެސް ރަނގަޅަށް ދޮވެގެން ބޭނުން ކުރުން

ކެއުމުގެ ކުރީން، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ފާހާނާ ކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.

ކުޑަކުދީންގެ ނެޕީ ބަދަލްކުރުމަށްފަހުގައިވެސް އަތްދޮވެ، ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލުން.

ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން.

ރަށުތެރޭގައާއި ގޯތިތެރޭގައި ކުނިޖަމާވިޔަނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުން އަދި ކުނިވާޒާތުގެ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.


ބޭރަށްހިންގުން ޖެހިއްޖެނަމަ:
ހޮޑުލެވޭނަމަ ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން.(ފެން، އޯ.އާރު. އެސް ނުވަތަ ސޫޕް ފަދަ އެއްޗެހި)

ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫސް، ކޯލާ ފަދަ ބުއިންތައް ބޭނުން ނުކުރުން.

ތުއްތުކުދިންނަށް އަވަސް އަވަހަށް ގާތުން ކިރުދިނުން.

ކާތަކެތި ކެވޭނަމަ އެތިއެތިކޮޅުން އަވަސް އަވަހަށް ކެއުން. (ތެޔޮ، ކުޅި، އަދި ހަވާދުލީ ކާތަކެތި ބޭނުންނުކުރުން.)

ބޭރަށް ހިންގުން ޖެހިފައިވާނަމަ، ކާބޯތަކެތި ތައްޔާރު ނުކުރުން.

ބޭރަށް ހިންގާއިރު ތިރީގައި ދެންނެވިފައި އެއްވެސް އަލާމާތެއް ފާހަގަ ކުރެވިއްޖެ ލަސްނުކުރައްވައި ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ބުނެއެވެ.
އާދަޔާ ހިލާފަށް ކަރުހިއްކުން.

ބޮލަށް އެނބުރުން އެރުން.

މާބޮޑަށް ވަރުދެރަވާގޮތްވުން.

ކުޑަކަމުދެވޭ މިންވަރު މަދުވުން

ހޮޑުލެވި ބޮޑުކަމުދެވޭއިރު ލޭގެ އަސަރު ހުރުން އަދި ދިޔާތަކެތި ބޭނުން ކުރެވޭގޮތް ނުވުން.

އާދަޔާ ޚިލާފަށް ބަނޑުގައިރިއްސުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް