ads
އައްޑޫ ކައުންސިލް އިދާރާ
ބޮޑު އީދަށް ސަރުކާރު އޮފީސްތަކާއި ވިޔަފާރިތައް ދިއްލާލުމުގެ މުބާރާތެއް ބާއްވަނީ
ކުރިއަށް އޮތް ބޮޑު އީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ބޮޑު އީދުގެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 16 ޖުން އިން ފެށިގެން 22 ޖޫންގެ ނިޔަލަށް އައްޑޫސިޓީގެ 6 އަވަށުގައި ދިއްލާ ޒީނަތްތެރިކުރުމުގެ ހަރަކާތެއް ކުރިއަށްގެންދަން ހަަމަޖެހިފައިވާކަަމަށެވެ.

އައްޑޫސިޓީ ކައުންސިލުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ  މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނަށް ހާއްސަކޮށްގެން އެ މުބާރާތް ބޭއްވުމަށް ރާވާފައިވާއިރު މުބާރާތުގެ ވަނަތަކަށް ދޭނެ އިނާމްތައް ވަނީ ކައުންސިލުން ކަނޑަ އަޅާފައެވެ. އެގޮތުން 1 ވަނަ އަށް ދާ ފަރާތަކަށް 10،000 ރުފިޔާ، 2 ވަނައަށްދާ ފަރާތަކަށް  7،500 ރުފިޔާ އަދި 5،000 ރުފިޔާގެ ފާއިސާގެ އިނާމް 3 ވަނަ އަށް ދާ ފަރާތަކަށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މުބާރާތުގައި ވަނަތައް ވަޒަންކުރެވޭނީ މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 17 ޖޫންގެ  ރޭގަނޑު 22:00ގެ ނިޔަލަށް ކަމަށްވާއިރު މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 23 ޖޫން ގައިކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ގޫގުލްފޯމް މެދުވެރިކޮށް ބައިވެރިވާން ހުށަހެޅޭނެކަަމަށެވެ. އަދި މިމުބާރާތާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުވުމަށް އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 އަދި 6885003 އަށް ގުޅުއްވާ ނުވަތަ އައްޑޫ ސިޓީ ގެ ރަސްމީ ސައިޓަށް މެއިލްކޮށްލުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޮޑު އީދަށް އޮފީސްތައް ދިއްލާލުމުގެ މުބާރާތުގެ އިތުރުން "އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ގެތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތެއްވެސް ރާވާފައިވާކަމަށް އައްޑޫ ސިޓީ ކައުނސްިލުން ވަނީ އިއުލާންކޮށްފަ އެވެ

މި މުބާރާތުގެ ހޮވާލެވޭ ވަނަތަކަށް ދިނުމަށް ނިންމާފައިވާ އިނާމްތަކަކީ:

    1 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް

    2 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް

    3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ގޭބިސީއެއްގެވެސް ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން އޮތުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ރާއްޖޭގެ އީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރުމަށް އައްޑޫ ސިޓީ ކައުނސިލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ޒީނަތްތެރިކޮށްފައިވާ ގެތަކުގެ ފޮޓޯ ހުށަހަޅަންޖެހޭއިރު ގޭބިސީއަކުން ފޮނުވާ ފޮޓޯ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި 18 ޖޫން ގައި ހިއްސާ ކުރެވޭނެކަމަށް ކައުންސިލުން ބުނެ އެވެ. މި މުބާރާތުގެ ވެސް ވަަނަތައް ހުށަހަޅާ އިނާމުދިނުމަށް ހަމަޖެހިފައިވަނީ އޮފީސްތައް ދިއްލާ މުބާރާތައްވެސް ކަނޑައަޅާފައިވާ ގަޑިތަކާއި ދުވަސްތަކުގަ އެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ގެތައް ދިއްލާ ޒީނަތްތެރި ކުރެވިފައިވޭތޯ އެއަވަށެއްގެ އަވަށު އޮފީހުން ބަލައި ޔަގީން ކުރެވިގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް