ads
އަލްހާން ފަހުމީ
އަލްހާން ފަހުމީގެ ޕޮންޒީ ސްކީމްގެ ޝަރީއަތް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަލްހާން ފަހުމީ އިސްވެ ހުންނަވައި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން ހިންގި ޕޮންޒީ ސްކީމްގެ ޝަރީއަތް ފަށައިފި އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ އިންވެސްޓްމަންޓް ސްކީމަކީ އެއަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުން ތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ ޝަރީއަތް މިއަދުވަނީ ފަށާފަ އެވެ.

އަލްހާންގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ ކޮށްފައި ވަނީ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް ޓެކުމުގެ 39 ދައުވާ އުފުލާފައިވެ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މިއަދުވަނީ ތިން މީހުންނަށްވެސް ވަކީލުން އައްޔަން ކުރަން ފުރުސަތު ދީފައެވެ. ވަކީލުން އައްޔަނުކުރަން ތިން މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް