ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވާލި ދިގު ރާސްތާ ޕްލޭންގެ ޑްރާފްޓް އެކުލަވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގެ އެކުލަވާލި ދިގު ރާސްތާ ޕްލޭނާ ގުޅޭގޮތުން އެސޯސިއޭޝަންތަކާ ބައްދަލުކޮށް، ޚާއްސަ ސަރވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މޮޅެތި އެތުލީޓުން ބިނާކުރުމުގެ ދިގު ރާސްތާ މި ޕްލޭނުގައި ސްކޫލް މާހައުލުން ފެށިގެން ކޯޗުން ބިނާކުރުމާއި، ބޮޑެތި ގޭމްސްތައް ރާއްޖޭގައި ބޭއްވުން ވަނީ ހިމަނާފައެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތުގައި އެންމެ ބޮޑު ކަމަކަށް ކުރިއަށްދަނީ އެސޯސިއޭޝަންތަކާ ވަކިން ބައްދަލުކޮށް، ހަދާ ސަރވޭއެއްގެ މަސައްކަތް ކަމަށެވެ.