ads
ޕްލެއިން ވިތް ކޮރަލްސް ލޯންޗު ކުރުމުގެ ތެރެއިން
އިންޓަމިލާނުން ފ. އަތޮޅު ކޯޗުން ތަމްރީން ކުރަނީ
އިޓަލީގެ އިންޓަ މިލާންގެ އެހީގައި ފ. އަތޮޅުގެ ރަށްރަށުން ކޯޗުން ތަމްރީނު ކުރަން ހަމަޖެހިއްޖެއެވެ.

އިޓަލީގެ ގަދަބާރު އިންޓަ މިލާންގެ އެހީގައި ފ. އަތޮޅުގެ ރަށްރަށުން ކޯޗުން ތަމްރީނު ކުރަން ހަމަޖެހިފައިވާކަން ހާމަ ކުރެއްވީ، ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއުއެވެ. 

މިއީ، ކުޅިވަރު މިނިސްޓްރީއާ ރާއްޖޭގައި ހުންނަ އިޓަލީގެ ކޮންސިއުލޭޓާއި ޔޫއެފާ ފައުންޑޭޝަން އަދި އިންޓަ މިލާން ގުޅިގެން، ފ. އަތޮޅުގައި ކުރިއަށްގެންދާ "ޕްލޭއިން ވިތު ކޮރަލްސް" ގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ފ އޮތޮޅަށް ހާއްސަކޮށްފައިވާ އެ ޕްރޮގްރާމަކީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، ކޮންމެ ރަށަކުން ދެ ކޯޗުން، އިންޓަ މިލާންގެ އެހީގައި ތަމްރީނުކޮށްދިނުމަށް މިނިސްޓްރީން އެދުނު ކަމަށެވެ.

"އަޅުގަނޑުމެން ޕްރޮޕޯސްކުރީ ކޮންމެ ރަށަކުން އެއީ އެ އަތޮޅުގެ ފަސް ރަށުން، ކޮންމެ ރަށަކުން ދެ ކޯޗުން ތަމްރީނުކޮށްދިނުމަށް. އެހެންނަމަވެސް އެ ޕްރޮގްރާމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުމާ ގުޅިގެން މިހާރު ކޮންމެ ރަށަކުން ހަތަރު ކޯޗުން ޓްރޭން ކުރާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް