ޔޫރޯ ފެށެން މަސް ދުވަހަށްވެފައި ވަނިކޮށް، ޔުއެފާގެ ނިންމުން ހާމަކުރަމުން މެނޭޖިން ޑިރެކްޓަރު އޮފް ރެފްރީ ވިދާޅުވީ ޓީމުގެ ކެޕްޓަން ފިޔަވައި އެހެން ކުޅުންތެރިއަކު ރެފްރީއާ ކައިރިވާތަން ފެނިއްޖެ ނަމަ ނުވަތަ އިހުތިރާމް ކުޑަކަމުގެ ނުވަތަ ޚިޔާލުތަފާތުވުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެމީހުންނަށް ރީނދޫ ކާޑު ދައްކާނެ ކަމަށެވެ.
މެނޭޖިން ޑިރެކްޓަރު އޮފް ރެފްރީ، ރޮސެޓީ ވިދާޅުވީ ޔުއެފާގެ މި ނިންމުމަށް ކޯޗުންނާއި ކުޅުންތެރިން މަރުހަބާ ކިޔާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޓީމުގެ ކެޕްޓަނަކީ ކީޕަރެއް ނަމަ ރެފްރީއާ މުއާމަލާތް ކުރުމަށް އައުޓްފީލްޑް ކުޅުންތެރިއަކު ނޮމިނޭޓް ކުރާނެ ކަމަށެވެ.
ޔޫރޯ މުބާރާތް އޮންނާނީ ޖަރުމަނުގައި ޖޫން 14 އިން ޖުލައި 14 އަށެވެ.