ads
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ
ކުރީގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އީސަގެ މައްޗަށް ސާބިތެއް ނުވި
ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އީސާގެ މައްޗަށް ކުރި، އަންހެނުންނަށް އަނިޔާ ކުރިކަމުގެ ތުހުމަތުގެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
Advertisement

އަހުމަދު އީސަގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، އަނބިކަނބަލުން އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ތުހުމަތުކުރި މައްސަލައިގައެވެ.

އެ މައްސަލައިގައި އީސަގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދުއެވެ. އެހެންނަމަވެސް މިއީ، އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދާ މައްސަލައެއް ކަމުން، މައްސަލައިގެ ތަފްސީލެއް ނުލިބެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށި ފަހުން، އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފަ އެވެ. ނަމަވެސް، ފުލުހުން އޭރު ބުނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.

އީސަވަނީ އެންމެ ކުރިންވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގު ކުރައްވައި، ވިދާޅުވެފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މަގާމުތަކުން ވެސް އޭރު އީސަ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ ވަކިކުރަން މަސައްކަތް ފެށުމުން، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް