ads
އަކްރަމް ކަމާލުއްދީން: ވިދާޅުވީ ފްލެޓުތަކަށް ވަދެވޭނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް - ފޮޓޯ:މިހާރު
ހިޔާލު ތަފާތުވި އަކްރަމްގެ ޕާސްޕޯޓް މައްސަލައިގެ އިސްތިއުނާުފު މިއަދު ފަށަނީ
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ޕާސްޕޯޓު ހިފަހެއްޓި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

އަކްރަމް ހިމެނޭހެން މިދިޔަ ސަރުކާރުގައި ހިންގި "ބިންވެރިޔާ ސްކީމު" ގައި އިސްކޮށް އުޅުނު ހަތަރު މީހެއްގެ ޕާޕްޕޯޓް ހިފަހައްޓަން ކްރިމިނަލްކޯޓުން އަނރުނު ނެރުނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަދުވަހުއެވެ. އެއް މަސްދުވަހުގެ މުއްދަތަށް ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު ހަމަވުމާއި އެކު ކްރިމިނަލް ކޯޓުން ވަނީ ޖަނަވަރީ މަހުގެ 19 އިން ފެށިގެން ފެބްރުއަރީ މަހުގެ 18 ގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އިތުރު އަމުރެއް ނެރެފައެވެ.

ޕާސްޕޯޓް ހިފެހެއްޓުމުން އެ މައްސަލަ ހައިކޯޓްގެ އިސްތިއުނާފުކުރީ އަކްރަމްގެ ފަރާތުންނެވެ. އޭނާ އިސްތުނާފަށް ހުށައަޅާފައިވަނީ ދެވަނަ ފަހަރަށް ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރެވެ. އެކަމަކު ހައިކޯޓުން ފުރަތަމަ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީ އެވެ.

މައްސަލަ ބޭރުކޮށްލީ ހައިކޯޓުގެ ރަޖިސްޓްރާއެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބޭރުކޮށްލުމުން، އަކްރަމްގެ ފަރާތުން ދެވަނަ ފަހަރަށް އެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ފަނޑިޔާރުންވަނީ އެ ނިންމުން ބާތިލުކޮށްފައެވެ. އެކަމަކު ރަޖިސްޓްރާގެ ނިންމުން ބާތިލު ކުރުމުގެ ފަނޑިޔާރުންގެ މެދުގައިވަނީ ރައުޔު ތަފާތުވެފައެވެ. ފަނޑިޔާރުންގެ މެދުގައި މައްސަލަ ބަލައިގަތުމާމެދު ރައުޔު ތަފާތުވިނަމަވެސް މެޖޯރިޓީ ފަނޑިޔާރުންގެ ނިންމެވުމަކީ މައްސަލަ ކުރިއަށް ގެންދިޔުމެވެ. މައްސަލަ ހައިކޯޓުގައި މިއަދު ފަށަނީ އެ ނިންމުމަށް ބިނާކޮށެވެ. ހައިކޯޓުގައި އަކްރަމްގެ މައްސަލައިގެ އިސްތިއުނާފު ފަށާނީ މިއަދު މެންދުރު ފަހު، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އަކްރަމް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އޭނާއަކީ މީގެ ކުރިން އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަށް ފިލައިގެން ގޮސްފައިވާ މީހެއް ނޫންކަމަށެވެ. އަދި އަކްރަމަކީ ފާޅުގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ފާޅުގައި ޖަވާބުދާރީވަމުން ގެންދާ ސިޔާސީ މީހެއްކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރު ލިބޭ އެކަށީގެންވާ ހެކި ނެތްކަމަށްވެސް އަކްރަމް ހުށައެޅި އިސްތިއުނާފީ މައްސަލާގައިވެއެވެ. ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރުވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަނާޅާކަމަށްވެސް އަކްރަމް ހުށައެޅި މައްސަލާގައި ވެއެވެ.

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އޭސީސީން ހުށައެޅި ހުށައެޅުމުގައި ބުނެފައިވަނީ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލްތަކުން އެއީ ބޭރަށް ދިއުމުގެ ގާބިލުކަން ހުރިކަމުގެ ހެއްކެއްކަމަށެވެ. އެހެންނަމަވެސް އަކްރަމް ވިދާޅުވީ އޭސީސީގެ ފަރާތުން ހުށައަޅާފައިވާ އެ ނުކުތާއަކީ އޭނާ ތަހުގީގަށް އެއްބާރުލުން ނުދީ ރާއްޖޭން ބޭރަށް ފިލައިގެން ދާން އުޅޭ ކަން ސާބިތުވާނެ ހެއްކެއް ނޫންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް