ads
ދީމާ - ފޮޓޯ އެމްއޯސީ މީޑިއާ
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓަކަށް ދީމާ!
ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ބަލިކޮށް، ޕެރިސް އޮލިމްޕިކްސްއަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ އަލީ ކޮލިފައިވެއްޖެއެވެ.

ޕެރިސް އޮލިމްޕިކްސްއަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ދީމާ އަލީ ކޮލިފައިވުމާއެކު ދީމާވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތްލީޓަށެވެ. 

ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވުމާއެކު، ރާއްޖޭގެ ކުޅިވަރު އާއިލާއިން އަންނަނީ ދީމާއަށް މަރުހަބާ ކިޔަމުންނެވެ. 

މިއަދު މެންދުރު ފަހު، ކޮލިފިކޭޝަނުގެ ފައިނަލުގައި ދީމާ ކުޅުނީ ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ދެކޮޅަށެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 4-1 ސެޓުންނެވެ. ކޮލިފިކޭޝަން ކާމިޔާބުކުރުމާ އެކު, ދީމާ އަށް މި އަންނަ ޖުލައި މަހު ޕެރިސްގައި ފަށާ އޮލިމްޕިކްސް ގޭމްސް އިން ފުރުސަތު ލިބިގެންދާނެ އެވެ. 

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް