ފުލުހުން ބުނީ މި މީހާ ފެނިފައި ވަނީ ހުޅުމާލެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން ކަމަަށެވެ.
އެ މީހާ ފެނުމާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހަބަރު ހުސްވެފައި އޮތް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމުގަ އެވެ. އެ މީހާއަކީ ބިދޭސީ ފިރެހެނެއްކަން ފިޔަވާ ކަމާ ގުޅުންހުރި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މަރުވި މީހާ ފެނުނީ އަމިއްލަ ކުންފުންޏެއްގެ ނޫކުލައިގެ ވޭންއެއްގެ ތެރެއިންނެވެ. އެ ވެހިކަލް ޕާކް ކޮށްފައިވާ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.