ads
މަދިރިން ރައްކާތެރިވުމަށް ހުޅުމާލޭގައި ފޮގްކުރަނީ
މިދިޔަ ހަފްތާ ޑެންގީ 68 ކޭސް، އެންމެ ގިނައީ ހުޅުމާލޭގައި
މިދިޔަ ހަފްތާގައި ޑެންގީ ޖެހިގެން 68 މީހަކު ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑެންގީ ކޭސްތައް އިތުރުވާން ފަށާފައިވާކަމަށެވެ. އެންމެ ގިނަ ކޭސްތައް ފެނުނީ މިދިޔަ ހަފްތާގައއިކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މިދިޔަ ހަފްތާގައި 90 މީހަކަށް ޑެންގީ ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިމަހުގެ މިހާތަނަށް 158 މީހަކު ވަނީ ޑެންގީ ޖެހިފައެވެ. 

މިއަހަރު ޑެންގީ ޖެހުނު އަދަދު މަހުން މަހަށް 

  • ޖެނުއަރީ 137 މީހުން 
  • ފެބްރުއަރީ 116 މީހުން 
  • މާރިޗު 119 މީހުން
  • އޭޕްރިލް 244
  • މެއި ( މިހާތަނަށް ) 158 މީހުން

މިމަހުގެ ޑެންގީ ހުން އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ހުޅުމާލޭގައެވެ. ހުޅުމާލެއިން މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 192 މީހަކަށް ޑެންގީ ވަނީ ޖެހިފައެވެ. ވެރިރަށް މާލެއިން ޑެންގީ ޖެހުނު މީހުންގެ އަދަދު މިމަހުގެ މިހާތަނަށް 88 ވަނީ އަރާފައެވެ. އަތޮޅުތަކުން ޑެންގީ އެންމެ ގިނައީވެސް މާލެ އަތޮޅުގައެވެ. މި އަތޮޅުން މި ބަލިޖެހިގެން މިމަހު އެކަނިވެސް 68 ކޭސް ވަނީ ރެކޯޑްކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް