ads
ސައުދީ ރަސްގެފާނުގެ މެހެމާންދާރީގައި ކުރެއްވި އުމްރާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުން - ފޮޓޯ:ރައީސް އޮފީސް
އުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެއަށް
މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާންދާރީގައި ކުރެެއްވި އުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމުން ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ މަދީނާ ސަރަހައްދުގެ ގަވަރުނަރު، ސާހިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސުއޫދެވެ.

ރައީސްގެ މި ދަތުރުފުޅުގައި މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ 24 ދަރިވަރުން ބައިވެރިވި މި ބައްދަލުކުރެއްވުމުގައި އެ ދަރިވަރުން ވަނީ އެކުދިން ބޭނުންވާ ކަންކަމާއި އެކުދިންގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް