ފީކޯ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލިކަން އިއުލާނުކޮށްފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގަ އެވެ. ބޮޑުވަޒީރުގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ފީކޯ ގަޔަށް އެއް ފަހަރަށް ވުރެ ގިނައިން ބަޑި ޖެހި ކަމަށްވެ އެވެ. އަދި އޭނާގެ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށް ވެސް ބުނެ އެވެ.
ހައްޔަރު މީހާ: އޭނާގެ ތަފްސީލެއް އަދި އާންމު ކޮށްފައެއް ނުވޭ
ފީކޯއަށް ދިން މިހަމަލާއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހާގެ ތަފްސީލެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.