ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 14، ގައި މާލޭގައި ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި އްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުންކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މާލޭގައި ފުލުހުން ދޭތެރެދޭތެރެއިން ހިންގާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ މައްސަލާގައި އަބަދުވެސް މީހުން ހައްޔަރުކުރެ އެވެ.