އިޒްރޭލްގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރުމަށް އެދި ފަލަސްތީނުން ފީފާގައި އެދިފައިވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލު އާއްމުތަކާ ގުޅިގެންނެވެ. ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިސްރާއީލުގެ ސަސްޕެންޑް ކުރުމަށް ފަލަސްތީނުން ހުށަހެޅި ގަރާރު، މާދަމާ ފަށާ ފީފާގެ ކޮންގްރެސްގައި އެޖެންޑާކޮށްފައިވާއިރު، އެ ގަރާރަށް އޭއެފްސީން މިއަދުވަނީ ތާއީދުކޮށްފައެވެ.
އިޒްރޭލް ސަސްޕެންޑް ކުރަން ފަލަސްތީނުން ގަރާރު ހުށަހެޅީ ހަ ގައުމެއްގެ އެންޑޯޒްމެންޓާއެކުއެވެ. މީގެ ކުރިން ފީފާއިން ވަނީ އެގައުމުތަކުގެސަރުކާރުތަކުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މި ގޮތުން 2022 ވަނަ އަހަރު ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ރަޝިޔާގެ ޓީމުތައް ބައިނަލްއަގްވާމީ މުބާރާތްތަކުން ސަސްޕެންޑް ކުރިއެވެ.